Advertisement

ފުލުހުންގެ އިދާރާ --

13 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އެކި ބާވަތުގެ ކުށްތަކަށް އަރައިގަތުމަށް ބޭނުން ކުރަމުން ދިޔަ ޓެލެގްރާމް ގުރޫޕްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި އެނޫންވެސް ޤާނޫނާއި ޚިލާފް ކުށްތައް ކުރުމަށް ބޭނުން ކުރަމުން ޓެލެގްރާމް ޗެނަލްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެދެމީހުންނާއި އެޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ފުލުހުންގެ ސައިބަރ ޕޮލިސިންގ ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 6 ވަނަ ދުވަހުގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޓެލެގްރާމް ޗެނަލްތައް:

- ޖަޒީރާ އެޑްމިން

- ޖަޒީރާ ގާލްސް

- ޖަޒީރާ އެސްކޯޓް ގެލަރީ

- ޖަޒީރާ ސްކޭމް އެލާރޓް

- ޖަޒީރާ ލިންކް ޚަބަރު؛ ހިމެނެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ޓެލެގްރާމް ޗެނަލް ތަކަކީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުންފެށިގެން ހިންގަމުން އަންނަ ޗެނަލްތަކެއް ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހައްޔަރު ކުރި ދެމީހުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކުގެ ތެރޭގައި؛

- މަނީ ލޯންޑަރިންގެ ކުށް

-ޑްރަގް ޓްރެފިކިންގެ ކުށް

- ހަށި ވިއްކުމުގެ ކުށް

- ހަށި ވިއްކުމަށް ހިއްވަރު ދިނުމުގެ ކުށް

- އޮރިޔާން ކާޑު އުފެއްދުމުގެ ކުށް

- އޮރިޔާން ކާޑު ބެހުމުގެ ކުށް؛ ހިމެނޭ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހުންގެ މާލީ މުއާމަލާތްތަކަށް ބަލާއިރު، އެމީހުން ކުރާ މަސައްކަތްތަކާއި ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން، ފުރަތަމަ ފަހަރު 5 ދުވަހަށް، ބަންދުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ދީފައިވާ ކަމަށާއި އަދި އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޟިރު ކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމުގެ އަމުރު ދީފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

އަތުލައިގަތް ޓެލެގްރާމް ޗެނަލްތަކުގައި އެތައް ހާސްބަޔަކު ތިބިކަމަށް މައުލޫމާތު ފެތުރިފައި ވާއިރު، ފުލުހުންގެ އިދާރާއިން ވަނީ މިފަދަ ޤާނޫނާއި ޚިލާފު ކަންކަމާއި ދުރުވުމަށާއި، މިފަދަ ކަންކަމުގައި ބައިވެރި ނުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.