Advertisement

ފުލުހުންގެ މައި މަރުކަޒު --

09 Mar 2024
ޚަބަރު

މާފުށީގައި ހިންގި މާރާމާރީތަކަކާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި

ކ. މާފުށީގައި ރޭ ފަތިހުގަޔާއި މިއަދު ހިނގި މާރާމާރީތަކާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާފުށީގައި ރޭ ފަތިހު ހިނގި މާރާމާރީއެއްގެައި 34 އަހަރުގެ ދިވެހި ފިރިހެނަކު ޒަޚަމްކޮށްލާފައިވާ ކަމަށާއި އޭނާއަށް މާފުށީ ސިއްޙީމަރުކަޒުގައި ފަރުވާ ދިނުމަށްފަހު، މިހާރު ޓްރީޓޮޕް ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުންދާކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާފުށީގައި މިއަދު އިތުރު މާރާމާރީއެއް ހިނގާފައި ވާއިރު، އެމާރާމާރީ އާއި ގުޅިގެން ދިވެހި ދެފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެދެމީހުންނަކީ ފަތިހުވެސް މާރާމާރީ ހިންގުމުގައި ބައިވެރިވި މީހުންކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ދެމާރާމާރީގެ މައްސަލަވެސް ފުލުހުން މިހާރު ބަލަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިމާރާމާރީތައް ހިނގީ ކޮންކަމަކާއި ގުޅިގެން ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
06 Apr 2025
ޚަބަރު
ޝަރީއަތް ނިމެންދެން ޝަމްޢާން ބަންދުކޮށްފި
ފުލުހުން ކޯޓު އަމުރެއްގެ ދަށުން ޝަމްޢާން ހައްޔަރުކޮށްފައި ވަނީ 22 މާރިޗު 2025 ގައެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކާއި ގުޅިގެން، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދާކަމުގެ ތުހުމަތެވެ. އަދި އެމައްސަލަ އާއި ގުޅިގެން ޝަމްޢާން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެގެއިން ބައިމިލިޔަނަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
06 Apr 2025
ޚަބަރު
ގއ ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މަހު 4 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރަމުންދާ ބޯޓަކުން ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި، އެ ބޯޓު ވިލިނގިލީ ބަނދަރާ ގާތްކުރުމުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 231 ގްރާމްކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
06 Apr 2025
ޚަބަރު
ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަޤާމަށް ހުޅުވާލައިފި
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމުގައިވެސް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
06 Apr 2025
ޚަބަރު
ޑެޕިއުޓީ މިނިސްޓަރު ޝާފިއު އިސްތިއުފާ ދެއްވައިފި
މަޤާމުން އިސްތިއުފާ ދެއްވައި ޝާފިޢު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.