Advertisement

ޕޮލިސް ސްޓޭޝަން ދޮށަށް އާއްމުން އެއްވުން --

26 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކުޑަކުއްޖެއްގެ ގައިގައި ފުލުހުން ޖެހިކަމަށް ބުނެ ކުރާ ތުހުމަތަކީ ދޮގެއްކަން ހާމަވާ ސީސީޓީވީ ފްޓޭޖެއް އާއްުމުކޮށްފި

ހުޅުމާލޭގައި 17 އަހަރުގެ ކުޑަ އަންހެންކުއްޖަކު ސައިކަލަކުން ވައްޓާލައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ، ފޭސް 2ގެ ޕޮލިސް ސްޓޭޝަންގެ ދޮަށަށް ބަޔަކު އެއްވެ އަޑު އުފުލާފައިވަނިކޮށް އެހާދިސާ ހިނގިގޮތް ފެންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެެވެ.

އެހާދިސާގެ ސީސީޓީވީ ފުޓޭޖްގެ އާއްމުވެފައިވާ ވީޑިއޯއަކީ، ފޯނަކުން ސްކްރީން ރެކޯޑްކޮށްފައިވާ ކަމަށް ބެލެވޭ ވީޑިއޯއެކެެވެ. މީވީޑިއޯ އާއްމު ކުރީ ކޮންބައެއް ކަމެއް އެނގިފައެއް ނުވެއެވެ.

ވީޑިއޯގައި ފެންނަ ގޮތުގައި، 17 އަހަރުގެ އަންހެންކުއްޖާ އާއި އެހެން މީހަކު ދުއްވަމުން އައި ސައިކަލު، ފުލުހުންގެ ޗެކްޕޮއިންޓަކަށް މަޑު ކުރުމަށް އެންގުމުން މަޑުނުކޮށް ޗެކް ޕޮއިންޓް ފަސްދީ ދިޔަވަގުތު ކުރިމަތިން އެހެން ސައިކަލެއްގައި ޖެހި ވެއްޓެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން އެސައިކަލު ކައިރިއަށް ދަނީވެސް އެސައިކަލު ވެއްޓުމުން އެހީތެރިވުމުގެ ގޮތުންނެވެ.

އެހެން ނަމަވެސްް ރޭ ބަޔަކު ފުލުހުންގެ މަރުކަޒު ދޮށަށް އެއްވެފައި ވަނީ، ކުޑަކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެއެވެ. ޕޮލިސް ސްޓޭޝަން ދޮށަށް އެއްވި މީހުން މައިތިރި ކުރުމަށް އެތަނަށް ރަޔަޓް ފުލުހުންވެސް އައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.