Advertisement

ރާއްޖެ އެތެރެކުރަން އުޅެނިކޮށް މީގެ ކުރިން ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި -- ކަސްޓަމްސް

20 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ވައިގެ މަގުން ރާއްޖެ އައި މީހެއްގެ އަތުން 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއައި ޕާކިސްތާނު މީހެއްގެ އަތުން 5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އެމީހާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހުގައި ކަމަށެވެ. އެމީހާއަކީ، ދޯހާ މަގުން މާލެއައި އުމުރުން 56 އަހަރުގެ ޕާކިސްތާނު މީހެއް ކަމަށާއި މަސްތުވާތަކެތި ފޮރުވާފައި ހުރީ އޭނާގެ ލަގެޖުގައި ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އޭނާގެ އަތުން ޖުމުލަ 5.3 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، ޓެސްޓްތަކުން އެތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.  އަދި އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 5.3 މިލިއަން ރުފިޔާއަށް އަރާނޭ ކަމުގައިވެސް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި އެމީހާ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.