ކަސްޓަމްސް
20 Mar 2024
ޚަބަރު
ވައިގެ މަގުން ރާއްޖެ އައި މީހެއްގެ އަތުން 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
19 Dec 2023
ވިޔަފާރި
ނޮވެމްބަރ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު %2 ދަށް
މިއަހަރުގެ ނޮވެމްބަރ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު %2 ދަށްވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރ މަހު އިމްޕޯޓް ވަނީ ދަށްވެފައެވެ. ނަމަވެސް އެކްސްޕޯޓް ވަނީ އިތުރުވެފައެވެ.
18 Dec 2023
ޚަބަރު
ތަފްސީލް ހާމަނުކޮށް 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަގުލައިގަތްކަމަށް ބުނެފި
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އުފެއްދި ޓާސްކް ފޯސްގެ އޮޕަރޭޝަންގައި 5 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފައިވާކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
06 Nov 2023
ޚަބަރު
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މަޤާމުން ރިޓަޔަރ ކުރައްވައިފި
28 އަހަރުގެ ޚިދުމަތަށް ފަހު، ކޮމިޝަނަރ ޖެނެރަލް ރިޓަޔަރ ކުރެއްވި އިރު، އޭނާ އެ މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ، 23 ޖޫން 2020ގައެވެ. އެއީ އެމަޤާމުގައި ކުރިން ހުންނެވި، އަޙްމަދު ނުޢުމާން 31 މާރިޗް 2020ގައި އަވަހާރަވުމަށް ފަހުގައެވެ.
22 Oct 2023
ޚަބަރު
މިމަހުގެ މިހާތަނަށް 8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
މިމަހުގެ މިހާތަނަށް 8 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ކަސްޓަސްއިން ބުނެފިއެވެ.
21 Oct 2023
ވިޔަފާރި
ސެޕްޓެމްބަރ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 360 މިލިއަން ރުފިޔާ
ސެޕްޓެމްބަރ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 3 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ. 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 350 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 360 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
21 Sep 2023
ވިޔަފާރި
މިދިޔަ މަހު އިމްޕޯޓްކުރި މުދަލުގެ އަދަދު %7 އިތުރު: ކަސްޓަމްސް
މިދިޔަމަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު، 7 އިންސައްތަ އިތުރުވެއްޖެއެވެ. މިދިޔަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް 4.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވެއެވެ. މި އަހަރުގެ އޮގަސްޓްމަހު މި ޢަދަދުވަނީ 5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
03 Sep 2023
ޚަބަރު
ވީޑިއޯއިން ފެންނަނީ ބޭންކަކުން އެތެރެކުރި ޑޮލަރު: ކަސްޓަމްސް
ކަސްޓަމްސްގެ އޮފިސަރުންތަކެއް ގޮތްނޭނގޭ ޑޮލަރުތަކެއް ކްލިއަރކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަޢުރުވަމުންދާ ވީޑިއޯއިން ފެންނަނީ ބޭންކަކުން އެތެރެކުރި ޑޮލަރުތަކެއް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް)ން ބުނެފިއެވެ. އެފަދަ ވީޑިއޯތައް އާންމުންނަށް އޮޅޭނެހެން އެކި ގޮތްގޮތަށް ޝާއިއުކުރުމުގެ ކުރިން ކަސްޓަމްސްއިން ވެރިފައިކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
26 Aug 2023
ޚަބަރު
މާފަރު ކަސްޓަމްސް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
ނ. މާފަރުގައި ތަރައްޤީކުރާ ކަސްޓަމްސްގެ އޮފީސް ޢިމާރާތުގެ ބިންގާ އަޅައިފިއެވެ. މި މަސައްކަތަކީ ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައްވެސް ލާމަރުކަޒުކޮށް އަތޮޅުތަކުގައި ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެކެވެ.