Advertisement

ފޮޓޯ: ކަސްޓަމްސް

22 Oct 2023
ޚަބަރު

މިމަހުގެ މިހާތަނަށް 8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

މިމަހުގެ މިހާތަނަށް 8 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ކަސްޓަސްއިން ބުނެފިއެވެ.

މި ތަކެތި ހިފަހައްޓާފައި ވަނީ، ކުރިއަރު އަދި އެއާ ކާގޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް، ތިން ޝިޕްމެންޓެއްގެ ތެރެއިންނެވެ. މިތަކެތީގެ ޖުމްލަ ބަރުދަނަކީ 8.8 ކިލޯ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ބުނީ ފުރަތަމަ ޝިޕްމަންޓް އަތުލައިގަތީ މިދިޔަ މަހުގެ 27ގައިކަމަށެވެ. ޖަރުމަނުން ރާއްޖެ ގެނައި އެ ޕެކޭޖުން 2،250 ގްރާމް މެފްޑްރޯން ހުރިކަމަށް ވަނީ ބުނެފައެވެ.

ފޮޓޯ: ކަސްޓަމްސް

ދެ ވަނަ ޝިޕްމެންޓް އަތުލައިގަތީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އިންޑިއާ އިން އެތެރެކުރި އެ ތަކެތިން 3،040 ގްރާމް ހެރޮއިން ފެނިފައިވާއިރު، ތިން ވަނަ ޝިޕްމަންޓް އަތުލައިގަތީ މި މަހުގެ 7 ވަނަ ދުވަހުއެވެ. ތައިލެންޑް މަގުން އެއާ ކާގޯ އިން ގެނައި އެ ތަކެތީގެ ތެރެއިން 3،550 ގްރާމް ހެރޮއިން ވަނީ ފެނިފައެވެ.

އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.