Advertisement

ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު

25 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އަޅުގަނޑު މަގާމުން ބަދަލުކުރީ އެއްވެސް އެންގުމެއް އަދި އިޝާރާތެއް ވެސް ނެތި: މާނިއު

ކޮމިޝަނާރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނަވަނިކޮށް އެބޭފުޅާގެ މަގާމު ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރެއްވީ އެއްވެސް އެންގުމަކާއި ނުލައި ކަމަށް، އެ މަގާމުގައި ކުރިން ހުންނެވި ޔޫސުފް މާނިއު މިއަދު ވިދާޅުވެއްޖެއެވެ. މާނިއު މިހެން ވިދާޅުވީ، އެ މަނިކުފާނު ބުދަ ދުވަހު ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދިނުމާ ގުޅިގެން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މާނިއު ވިދާޅުވީ، އެބޭފުޅާއަށް އެއްވެސް އެންގުމެއް ނެތި ކޮމިޝަނާރ ޖެނެރަލްގެ މަގާމުން ބަދަލުކުރެއްވީތީ ހައިރާންވާކަމަށާއި، އެބޭފުޅާ އެ މަގާމުގައި ހުންނަވައިގެން ގެންދެވީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. އެގޮތުން ފާއިތުވި 15 އަހަރު ތެރޭގައި ނުކުރެވި ހުރި ބައިވަރު ކަންކަން ކޮށްފައިވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ކުރިން ރައްޓެހިންނާއި ގާތް މީހުންނަށް އަވަހަށް ކަންތައްތައް ކޮށްދިނުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އޮންނަ ޕްރޮސެސް ތެރެއިން ކަންކަން ކުރަން ފެށި ކަމަށާއި، އެންމެ ނިކަމެތި މީހާއާއި މުއްސަނދި މީހާއާ އެއްހަމަކުރި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"އެއްވެސް އެންގުމެއް ނެތް، އެއްވެސް ކަހަލަ މަޝްވަރާއެއް ނެތް. ހަމަ ކުއްލިއަކަށް ހަމަ ބަދަލުކޮށްލީ. ހަމަ އެއްވެސް ގޮތަކަށް ނޭގޭ. އިޝާރާތެއް ވެސް ނުދެއްވާ. އެއީ އަޅުގަނޑު ވެސް ހައިރާންވި ކަމަކީ. ހުރިހާ ބޭފުޅުންނަށް ވެސް އެނގޭނެ މިދިޔަ 15 އަހަރުވެސް ނުކުރެވި ހުރި ބައިވަރު ކަންތައްތައް އަޅުގަނޑުކޮށް ނިންމައިފިކަން"

ކޮމިޝަނާރ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި މާނިއު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރުކަމުން އިސްތިއުފާދެއްވި ސަބަބެއްގެ ގޮތުގައި މާނިއު ވިދާޅުވެފައިވަނީ، ބޮޑު މުސާރަ ނަގައިގެން މަސައްކަތެއް ނުކޮށް ހުންނަން ބޭނުން ނުވާތީ ކަމަށެވެ. އެބޭފުޅާ ވިދާޅުވީ 20،000 ރުފިޔާ ދީގެން ކުރެވެން އޮތް މަސައްކަތެއް ކުރުމަށް 45،000 ރުފިޔާ ދީފައި ސްޓޭޓް މިނިސްޓަރެއް ހުރުމަށް އެ ބޭފުޅާގެ ޒަމީރު ގަބޫލު ނުކުރައްވާ ކަމަށެވެ.

ކޮމެންޓް
Hussain Ziyad
މާނިއު އަކީ ހަގީގީ މާނިއު އެއް.
25 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.