Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

18 Dec 2023
ޚަބަރު

ތަފްސީލް ހާމަނުކޮށް 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަގުލައިގަތްކަމަށް ބުނެފި

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އުފެއްދި ޓާސްކް ފޯސްގެ އޮޕަރޭޝަންގައި 5 މިލިއަން ރުފިޔާއަށް ވުރެ ގިނަ  މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފައިވާކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަތަރު އިދާރާއެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯސް އިން މިދިޔަ ދެ ހަފުތާގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުން 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ.

ގާނޫނާ ހިލާފުވި ކަމުގެ ކުށުގައި ވެސް 53 ބިދޭސީއަކު ބަންދުކޮށްފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. 

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އުފައްދާފައިވާ ޓާސްކް ފޯހުގައި ތިބެނީ ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަރެކްޝަންސް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތަކީ ރައީސްގެ އިސްނެންގެވުމަށް ކުރާ މަސައްކަތެއްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެ ޑްރަގްރައް އަތުލައިގަތް ތަނެއް އަދި އެ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.