މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އަލަށް ގުޅުނު އޮފިސަރުން ތަމްރީން ފުރިހަމަކޮށް ހުވާކޮށްފި
މޯލްޑިވުސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރައްވާފައިވާ ގޮތުގައި، “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 10 ވަނަ ބެޗްގައި، ޖުމުލަ 38 ފަރާތަކުން ބައިވެރިވިއިރު އޭގެތެރެއިން 37 ފަރާތަކުން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެ މަޤާމުގެ ހުވާކޮށްފައެވެ. ދަސްވެނިވި އޮފިސަރުންނަށް މަޤާމުގެ ހުވައި ލައިދެއްވީ، ސިވިލްކޯޓުގެ ގާޟީ ފައިސަލް އާދަމްއެވެ.