Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގައި މަރުކަޒީ އެއް ޖަލު ހެދުމަށް ދިރާސާތައް ކުރަނީ

ރާއްޖޭގައި ސެންޓްރަލް އެއް ޖަލު ހެދުމާއި ގުޅޭ ގޮތުން ދިރާސާތައް ކުރައްވަމުންދާކަމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިޙްސާން ވިދާޅުވީ، ތަފާތު އެކި ތަން ތާނގައި ޖަލުތައް ހެދިފައި ހުރިމަކީ ގޮންޖެހުމެއްކަމަށެވެ. އިޙްސާން ވިދާޅުވީ، ޖަލުގައި ތިބޭ މީހުންނަށް މިހާރުވެސް މަހަކު ބޮލަކަށް، އެކާވީސް ހާހާއި ތިރީސް ހާހާއި ދެމެދުގެ އަދަދެއް ހޭދަވާ ކަމަށެވެ. 

އިޙްސާން ވިދާޅުވީ، ޖަލުތަކާއި ބެހޭ ގޮތުން މިހާތަނަށް ހެދިފައި ހުރި އެސެސްމެންޓްތަން އެންމެ ބޮޑަށް ފާހަގަކުރެވިފައިވާ މައްސަލަތަކަކީ، ތަފާތު އެކި ތަންތާނގައި، ޖަލުތައް ހެދިފައި ހުރުން ކަމަށެވެ. އެކަމުގެ ސަބަބުން ބެލެހެއްޓުމުގަޔާއި، ޤައިދީންނަށް ދޭންޖެހޭ ޚިދުމަތް ދިނުމުގައި، ވަރަށް ބޮޑަށް ޚަރަދު ބޮޑުވެގެން ދާ ކަމަށެވެ. އެހެންކަމުން މިވަގުތު ޖަލުތަކުގެ ކަންކަންތައް ކުރެވެމުން ދަނީ އެންމެ އެދެވޭ ގޮތެއްގައި ނޫންކަން އިޙްސާން ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއި އެކުގައި، އަޅުގަނޑުމެން މިހާރު މިކުރަމުންދާ އެއްމަސައްކަތަކީ، ރާއްޖޭގައި ސެންޓްރަލް އެއްޖަލު ހެދޭނެ އިންތިޒާމެއް، އެކަމާއި ބެހޭ ސްޓަރޑިއެއް އަޅުގަނޑުމެން އެބަހަދަން. އޭގެ ބޭނުމަކީ، އެއްސަރަހައްދެއްގައި އެއްތަނެއްގައި، އަޅުގަނޑުމެންގެ ފޯކަސް އެއް ދިމާއެއްގައި ބަހައްޓައިގެން އެއްޖަލުން އަޅުގަނޑުމެން ޚިދުމަތް ދެމުން ގެންދިޔުން." 

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

އިހްސާން ވިދާޅުވީ އެގޮތަށް ބަދަލުވެގެންދާއިރު، ޖަލު ތެރޭގައި ސަރަހައްދުތައް ވަކިކުރެވި އެސަރަހައްދެއްގެ ސެކިއުރިޓީ އެސަރަހައްދަކާއި އެކަށޭނަ ގޮތުން ކަނޑައަޅައި ބެލެހެއްޓިގެންދާނެ ކަމަށެވެ. އަދި އެސަރަހައްދެއްގެ ތެރޭގައި އަންހެން ޤައިދީންނާއި ފިރިހެން ޤައިދީންވެސް ވަކިކުރެވޭނެ ކަމުގައި އިޙްސާން ވިދާޅުވިއެވެ. އަދި އެކިބާވަތްތަކުގެ ކުށްކޮށްގެން ޖަލަށް ލެވިފައި ތިބި މީހުން ކުށުގެ ބާވަތަށް ބަލައި ވަކިކުރެވޭނެ ކަމުގައިވެސް އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ، މިހާރު އެގޮތަށް އެޚިދުމަތްތައް ނުދެވެނީ ޖަލުތަކުގެ ޖާގައިގެ ދަތިކަމާއި، ތަން ބެލެހެއްޓުމުގެ ނިޒާމުގައި މީހުން މަދުކަމާއި އެކަހަލަ ބައިވަރު ސަބަބުތައް ހުރެގެން ކަމަށެވެ.

އެހެންވީމާ، ސެންޓްރަލް އެއްދިމާއަކަށް ފޯކަސްކުރެވޭ އިރު، ސެންޓްރަލް ޖަލެއް ހެދިގެންދާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް ފަރުމާކުރެވިގެން ކަމުގައިވެސް އިޙްސާން ވިދާޅުވިއެވެ.

ރާއްޖޭގެ މައިޖަލުގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަނީ މާފުށީ ޖަލެވެ. މީގެ އިތުރުން ހުޅުމާލޭގައި އަދި ކ. ހިންމަފުށީގައިވެސް ޖަލެއް ހިންގައެވެ. މިމަހުގެ ތެރޭގައި ވަނީ، މާލޭ ޖަލު ހުސްކޮށް އެތަން ބަންދުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.