Advertisement

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީންކޯސް ނިންމުމުގެ ރަސްމިއްޔާތު --- ފޮޓޯ: އެމްސީއެސް

26 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އަލަށް ގުޅުނު އޮފިސަރުން ތަމްރީން ފުރިހަމަކޮށް ހުވާކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުންގެ އަސާސީ ތަމްރީން ފުރިހަމަކޮށް 37 އޮފިސަރަކު މަޤާމުގެ ހުވާކޮށްފިއެވެ.

މިކަމަށްޓަައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ ރޭ މާފުށީ ޖަލުގައެވެ.

މޯލްޑިވުސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރައްވާފައިވާ ގޮތުގައި، “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 10 ވަނަ ބެޗްގައި، ޖުމުލަ 38 ފަރާތަކުން ބައިވެރިވިއިރު އޭގެތެރެއިން 37 ފަރާތަކުން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެ މަޤާމުގެ ހުވާކޮށްފައެވެ. ދަސްވެނިވި އޮފިސަރުންނަށް މަޤާމުގެ ހުވައި ލައިދެއްވީ، ސިވިލްކޯޓުގެ ގާޟީ ފައިސަލް އާދަމްއެވެ. 

މިރަސްމިއްޔާތުގައި ވަނީ، އެންމެ ދުޅަ ހެޔޮ ފިރިހެން އޮފިސަރާއި، ތަޢުލީމީ ރޮގުން އެންމެ މޮޅު އޮފިސަރާއި، އަމަލީ ގޮތުން އެންމެ މޮޅު އޮފިސަރުގެ އިތުރުން “ކޮމިޝަނަރ އޮފް ޕްރިޒަންސް އެވޯޑް” ހޮވާ، ސެޓްފިކެޓް އަދި ސެޓްފިކެޓް އަދި ޝީލްޑް ޙަވާލުކޮށްފައެވެ. ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު އޮފިސަރަކަށް ހޮވުނީ، ޕްރައިވެޓް މުޙައްމަދު ހިޝާމް އިސްމާޢީލްއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ، 28 ވަނަ އަސާސީ ތަމްރީންކޯސް، "ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ކޯސް ކުރިޔަށް ގެންގޮސްފައި ވަނީ، 22 ޖުލައި 2023 އިން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.