Advertisement

ސަމާޙްގެ މަހާނަ -- ފޮޓޯ: ޢަލީ ރަޝީދު

06 Sep 2024
ޚަބަރު

ސަމާޙްގެ ޖަނާޒާ ބާއްވައި ހަށިގަނޑު ހުޅުމާލެ ސަހަރާގައި ވަޅުލައިފި

ރޭ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި، ލ. އިސްދޫ ބީޗް ހައުސް، ޙަސަން ސަމާޙް (23އ)ގެ ޖަނާޒާ ބާއްވައި ހުޅުމާލެ ސަހަރާގައި ވަޅުލައިފިއެވެ.

ސަމާޙްގެ މައްޗަށް ކަށުނަމާދުކުރުން އޮތީ، މިރޭގެ މަޣުރިބު ނަމާދަށްފަހުގައި މަސްޖިދުއް ޒައިދުބިން ޘާބިތުގައެވެ. ކަށުނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާއި، ކަރެކްޝަންސްގެ ގިނަ އަދަދެއްގެ އޮފިސަރުން ހިމެނުނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން ލާންސް ކޯޕްރަލްގެ މަޤާމުގައި ހުރި ޙަސަން ސަމާޙް އެ ސަރވިސްގެ ވަޒީފާގައި ޚިދުމަތް ކުރަން ފަށާފައިވަނީ، 2021 ޖެނުއަރީ މަހުން ފެށިގެންނެވެ.

ލ. އިސްދޫ ބީޗް ހައުސް، ޙަސަން ސަމާޙް (23އ) --

ސަމާޙް ނިޔާވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި މެރެތަންއެއްގައި ބައިވެރިވުމަށް އިތުރު މީހަކާއި އެކު ސައިކަލުގައި އެސަރަހަށްދަށް ދަނިކޮށް، އޭނާ ދުއްވި ސައިކަލުގައި، ބާރު ސްޕީޑުގައި ދުއްވާފައި އައި ސްޕޯޓް ކާރަކުން ޖެހުމާއި ގުޅިގެންނެވެ. ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ ރޭގެ 2:48 ގައެވެ. ސަމާޙް ނިޔާވީ އޭނާއަށް ލިބުނު ޒަޚަމްތަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ސަމާޙްގެ އާއިލާގެ މީހުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި، މަގުމަތީގެ އެކްސިޑެންޓެއްގައި ސަމާޙް ކުއްލި ގޮތަކަށް ނިޔާވި އިރު، އޭނާ އައީ މިއަހަރުގެ ޑިސެމްބަރު މަހު އޭނާގެ އަލަތު ކައިވެންޏަށް ތައްޔާރު ވަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.