Advertisement

16 Jul 2024
ޚަބަރު

ހަތިޔާރާއި މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަކަށް މިހާތަނަށް އެއްވެސް ހުރަހެއް ނެތް: ކަސްޓަމަސް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންގެ މަސައްކަތް ބަނދަރާ ހިސާބުން ފަށަން ޖެހުމަކީ، އެ ބަޔަކު ބޭނުންވާ އެއްޗެއް ރާއްޖެއަށް އެތެރެކުރެވޭނެ ފުރުސަތު އޮތް ކަމެއް ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންފޯސްމަންޓް އެންޑް ބޯޑާ ސެކިއުރިޓީއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއިލް ހަމްދޫން ވިދާޅުވީ، ކަސްޓަމްސް އޮފިސަރުންނަށް އެމީހުންގެ މަސްއޫލިއްޔަތު ފެއްޓުމުގެ ގާބިލްކަން މިހާރު އޮތީ ބަނދަރާ ހިސާބުން ކަމުގައި ވުމީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަސްޓަމްސްއަށް ނޭންގި ގިނަ ކަންތައްތަކެއް ހިންގުމަށޤ ހުޅުވިފައިވާ ދޮރެއް ކަމަށާއި، މިކަންކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށެވެ.

އެގޮތުން، ރާއްޖެއިން ބޭރުން އަންނަ ބޯޓު ތަކުން މަސްތުވާތަކެތި ގެނަސް، ބައިނަލްއަގްވާމީ ބަނަދަރަށް ކައިރި ކުރުމުގެ ކުރިން މި ތަކެތި ރާއްޖޭގެ އެހެން އުޅަނދުތަކަށް ބަރުކޮށް، ނުވަތަ ޑްރަގް ޓްރެފިކްކުރުމުގެ އަމަލު ހިންގާކަމަށް ހަމްދޫން ވިދާޅުވިއެވެ. އަދި މިކަމުގައި އޮތް އެންމެ ބޮޑު ބިރުވެރި ކަމަކީ، މި މަސައްކަތް ހަމައެކަނި މަސްތުވާތަކެއްޗާ ހިސާބުން ނުނިމުންކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް. އޮތީ އެ މީހަކު ބޭނުންވާ ކަމަކަށް ނިޔަތް ގަތުން. މިސާލަކަށް ހަތިޔާރު ގެންނަން މީހަކު ނިޔަތް ނުގަންނަނީ. ނިޔަތް ގަނެފިއްޔާ ރާއްޖެ އަށް ހަތިޔާރު ގެނެވޭނެ މަގު އޮތީ ހުޅުވިފައި. އެ ދޮރުތަކުގެ ވާހަކަ މި ދައްކަނީ،"

241 ކޮމެޓީގައި ހަމްދޫން ވިދާޅުވި އެވެ.

ހަމްދޫން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިކަން ހުއްޓުވޭނީ، ރާއްޖޭގެ ބޯޑަރުން އެތެރެވާ ހިސާބުން ބަނދަރާ ހަމައަށް އައުމާއި ދެމެދު އެ އުޅަނދުތައް މޮނިޓަރ ކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެން ކަމަށެވެ. އަދި ރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑެތި ގައުމުތަކުގައި މިކަން ކުރަނީ ވައިގެ މަގުން މޮނިޓަރކޮށްގެންކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް ވަރުގަދަ ކުރުމަށް އެމެރިކާ އާއި ޗައިނާ އިން ރާއްޖެ އަށް ޑްރޯން ދޭން އެއްބަސްވެފައިވާ ކަމަށް ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވަނީ 241 ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ވިދާޅުވެފައެވެ. އަދި އެ ޑްރޯންތައް އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގައި އަލަށް އުފެއްދި އެއާކޯ އިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.