Advertisement

ކަސްޓަމްސްގެ ބައެއް މުވައްޒަފުން --

06 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

އެނާޖީ ޑްރިންތްތައް އެތެރެކުރުމަށް ދީފައިވާ ލުއިތައް އަންނަމަހު އުވާލަނީ

އެކި ބާވަތްތަކުގެ އެނާޖީ ޑްރިންކްތައް ރާއްޖެ އެތެރެ ކުރުމަށް ދެވިފައި ހުރި ލުއިތައް މިއަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުންފެށިގެން އުވާލާނެ ކަމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ހާމަކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ބުރާސްފަތި ދުވަހުގެ ރޭ ބައިވެރިވެ ވަޑައިގެން، ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް ނިޔާޒް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެނާޖީ ޑްރިންކްގެ އިތުރުން ވޭޕާއި، ދުންފަތުގެ ބާވަތްތަކަށްވެސް ލިބިފައި ހުރި ލުއިތައް އުވާަލެވޭނެ ކަމަށެވެ. މިގޮތުން އެތަކެއްޗަކީ، އާއްމު ޞިއްޙަތަށް ނުރައްކާހުރި ތަކެތިކަމަަށްވާތީ، މިހާރު ލިބެން ހުރި ލުއިތައްވެސް އުވާލުމަށް ނިންމާފައި ވަނީ، އާއްމު ޤަވާއިދަށް ގެނެވުނު އިސްލާޙްތަކުގެ ދަށުން ކަމަށެވެ.

އެނާޖީ ޑްރިންކް ބުއިމާއި، ވޭޕާއި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް ހިފާފައި އޮތް ނުރަނގަޅު އާދައެއް ނަމަވެސް އެބާވަތްތައް ރާއްޖެއަށް އެތެރެކޮށްގެން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބެއެވެ.

ޞިއްޙީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ ފަރަތްތަކުން އަންނަނީ އެ ބާވަތްތައް ރާއްޖެ އެތެރެކުރުން ހުއްޓުވުމަށްވެސް ގޮވާލައި ބާރުއަޅަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.