Advertisement

ކަސްޓަމްސްގެ އޮފިސަރުން --- ފޮޓޯ: ކަސްޓަމްސް

08 Jan 2025
ޚަބަރު

ޚިޔާނާތުގެ ތުހުމަތުވާ އޮފިސަރަކު ރިޓަޔާކޮށްފައެއް ނުވޭ: ކަސްޓަމްސް

ކަސްޓަމްސްގެ ޚިޔާނާތުގައި ތުހުމަތުވި ބަޔަކު ރިޓަޔާ ކޮށްފައި ނުވާކަމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ އެ އިދާރާގެ އޮފިސަރުންތަކެއްގެ މައްޗަށް ތުހުމަތު ކުރެވޭ، މަނީ ލޯންޑްރިންގ، ޚިޔާނާތް އަދި ރިޝްވަތާގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީޤެއް ހިންގަމުން ގެންދާކަން މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ކަސްޓަމްސްއަށް އަންގާފައިވާ ކަމަށެވެ. އަދި އެ ތަޙްޤީޤުގައި ހިމެނޭ އޮފިސަރުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެއިދާރާއަށް މައުލޫމާތު ދެއްވާފައިވާ އެއްވެސް އޮފިސަރަކު ރިޓަޔާކޮށްފައި ނުވާކަމުގައިވެސް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންގެ މައްޗަށް ކުރެވޭ ޚިޔާނާތާއި މަނީ ލޯންޑަރިން އަދި ރިޝްވަތުގެ 400 މިލިޔަން ރުފިޔާގެ މައްސަލައެއް މި ހުސްވި އަހަރުގެ އޮގަސްޓް މަހުންފެށިގެން ބަލަމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވީ އިއްޔެއެވެ. އެހެން ނަމަވެސް އެމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރެއް މިހާތަނަށްވެސް ފުލުހުންގެ އިދާރާއިންނާއި އަދި ކަސްޓަމްސްއިންވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ސަރުކާރުގެ އިދާރާތަކުގެ އޮފިސަރުންގެ މަައްޗަށް ތުހަުމަތު ކުރެވޭ ކަޅުފައިސާ ދޮވުމާއި، ޚިޔާނާތާއި ފަސާދައިގެ މައްސަލަތައް މިދައުރުގެ ތެރޭގައި ވަނީ ބަލަން ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފެންމަތިވީ، މޯލްޑިވިސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންތަކެއްގެ މައްޗަށް ތުހުމަތު ކުރެވުނު އެފަދަ މައްސަލަތަކެކެވެ. އެމައްސަލައިގައި ތުހުމަތު ކުރެވުނު މީހުންގެ ވަނަވަރު ފޮޓޯ އާއިއެކު ފުލުހުން އާއްމު ކުރި ނަމަވެސް، އޭގެ ފަހުން އެހެން އިދާރާތަކުގައި މަސައްކަތް ކުރާ އޮފިސަރުންނަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އެމީހުންގެ ވަނަވަރާއި ފޮޓޯ ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.