Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

19 Dec 2023
ވިޔަފާރި

ނޮވެމްބަރ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު %2 ދަށް

މިއަހަރުގެ ނޮވެމްބަރ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު %2 ދަށްވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރ މަހު އިމްޕޯޓް ވަނީ ދަށްވެފައެވެ. ނަމަވެސް އެކްސްޕޯޓް ވަނީ އިތުރުވެފައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ޖުމްލަ އަގަކީ 4.3 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު އުޅުނީ 4.4 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ %2 ދަށްވުމެކެވެ.

ނޮވެމްބަރ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަދަދު އިތުރުވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިއަހަރުގެ ނޮވެމްބަރ މަހު ރާއްޖެއިން 216 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު އުޅުނީ 165 މިލިއަނުގައެވެ. އެހެންކަމުން މިއީ %32 އިތުރުވުމެކެވެ.

ނޮވެމްބަރ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީވެސް ވަނީ %21 އިތުރުވެފައެވެ. 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހު 355 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ނޮވެމްބަރ މަހު މި ޢަދަދުވަނީ 429 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ނޮވެމްބަރ މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، އިންޑިއާ، އޮމާން، ސިންގަޕޯރ އަދި ޗައިނާ އެވެ. ޔޫ.އޭ.އީ އިން 664 މިލިއަން މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 651 މިލިއަން ރުފިޔާގެ މުދާ އޮމާން އިން 513 މިލިއަން ރުފިޔާގެ މުދާ ސިންގަޕޯ އިން 421 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 420 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި އިންޑިއާއަށްކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.