Advertisement

03 Sep 2023
ޚަބަރު

ވީޑިއޯއިން ފެންނަނީ ބޭންކަކުން އެތެރެކުރި ޑޮލަރު: ކަސްޓަމްސް

ކަސްޓަމްސްގެ އޮފިސަރުންތަކެއް ގޮތްނޭނގޭ ޑޮލަރުތަކެއް ކްލިއަރކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަޢުރުވަމުންދާ ވީޑިއޯއިން ފެންނަނީ ބޭންކަކުން އެތެރެކުރި ޑޮލަރުތަކެއް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް)ން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އިއްޔެ އާއްމުވި ވީޑިއޯއިން ފެންނަނީ ޑޮލަރު އަޅާފައިވާ ފޮއްޓަކުން، އެ ޑޮލަރުތައް ނަގާ ކަސްޓަމްސްގެ މުޢައްޒަފަކު ޗެކް ކުރަމުންދާ މަންޒަރެވެ. އެ ވީޑިއޯ ޕޯސްޓްކޮށް ސޯޝަލް މީޑިއާގައި ހަބަރު ފަތުރާފައިވަނީ، އެ ޑޮލަރަކީ އަވަށްޓެރި ޤައުމަކުން ނުގަވާއިދުން އެތެރެކޮށްފައިވާ ފައިސާކަމަށް ބުނެއެވެ.

މިކަމާއި ގުޅިގެން ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ވިދާޅުވީ ވީޑިއޯއިން ފެންނަ ޑޮލަރުތަކަކީ އުސޫލުގެ ތެރެއިން، ނަގަންޖެހޭ ހުއްދަތައް ނަގައިގެން ރާއްޖެ އެތެރެކޮށްފައިވާ ފައިސާކަމަށެވެ. އަދި ކަސްޓަމްސްއިން ޑިކްލެއަރކޮށްފައިވަނީވެސް ޢަމަލުކުރަން އޮންނަ އުސޫލުންކަމަށާއި މިއީ އަބަދުވެސް ބޭންކުތަކުން ޢަމަލުކުރަން އަންނަ އުސޫލުކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ. އެފަދަ ވީޑިއޯތައް އާންމުންނަށް އޮޅޭނެހެން އެކި ގޮތްގޮތަށް ޝާއިއުކުރުމުގެ ކުރިން ކަސްޓަމްސްއިން ވެރިފައިކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.