Advertisement

ފޮޓޯ: ކަސްޓަމްސް

26 Aug 2023
ޚަބަރު

މާފަރު ކަސްޓަމްސް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ނ. މާފަރުގައި ތަރައްޤީކުރާ ކަސްޓަމްސްގެ އޮފީސް ޢިމާރާތުގެ ބިންގާ އަޅައިފިއެވެ. މި މަސައްކަތަކީ ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައްވެސް ލާމަރުކަޒުކޮށް އަތޮޅުތަކުގައި ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެކެވެ.

ކަސްޓަމްސްގެ އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޟްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، މި އޮފީސް ވެގެންދާނީ ކަސްޓަމްސްއިން ފޯރުކޮށްދޭން ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރަޙައްދުގެ މުހިންމު އެއް ބިނާކަމަށެއެވެ. މި އިމާރާތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މާފަރުގެ ކަސްޓަމްސް އޮފީހަކީ 6557 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. މި އިމާރާތުގައި އޮފީސް ސްޕޭސްއެއްގެ އިތުރުން އެކަމަޑޭޝަން ބްލޮކެއް ހިމެނެއެވެ. 8.66 މިލިޔަން ރުފިޔާ ފިއުޗާރ ހޯމް ޕްރައިވެޓް ލިމިޓެޑް މި ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަސްތަރޭ މަސައްކަތް ނިންމާ ގޮތަށެއެވެ.  

ކަސްޓަމްސްގެ ޚިދުމަތް ފުޅާކުރުމަށްތަކައި ނ. މާފަރުގައި ކަސްޓަމްސްގެ އޮފީސް އިމާރާތެއް ތަރައްޤީކުރުމަށް ފިއުޗާރ ހޯމް ޕްރައިވެޓް ލިމިޓެޑް ހަވާލު ކުރީ 18 ޖުލައި 2023 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.