Advertisement

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުން މިއަދު ރިޓަޔަރ ކުރެއްވި، ޢަބުދުﷲ ޝަރީފް --

06 Nov 2023
ޚަބަރު

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މަޤާމުން ރިޓަޔަރ ކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބުދުﷲ ޝަރީފް މިއަދު މަޤާމުން ރިޓަޔަރ ކުރައްވައިފިއެވެ.

28 އަހަރުގެ ޚިދުމަތަށް ފަހު، ކޮމިޝަނަރ ޖެނެރަލް ރިޓަޔަރ ކުރެއްވި އިރު، އޭނާ އެ މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ، 23 ޖޫން 2020ގައެވެ. އެއީ އެމަޤާމުގައި ކުރިން ހުންނެވި، އަޙްމަދު ނުޢުމާން 31 މާރިޗް 2020ގައި އަވަހާރަވުމަށް ފަހުގައެވެ.

ޢަބުދުﷲ ޝަރީފަކީ، ކަސްޓަމްސްގެ އެކި މަޤާމުތައް ފުރުއްވައި، ކަސްޓަމްސްގެ ކޮމިޝަނަރ ކަމުގެ މަޤާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ. 

ކަސްޓަމްސްގެ ޚިދުމަތްތައް ޒަމާނާއި ގުޅޭ ގޮތަށް ބަދަލު ކުރައްވައި، އަދި ކަސްޓަމްސްއަށް ކުރިއެރުންތައް ހޯއްދަވައި ދެއްވުމުގައި ފާއިތުވި 3 އަހަރު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ހައިސިއްޔަތުން ޢަބުދުﷲ ޝަރީފް ވަނީ ގިނަގުނަ މަސައްކަތްތަކެއްކޮށްދެއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.