Advertisement

ފުލުހުންގެ ނޫސް ކޮންފަރެންސެއްގެ ތެރެއިން --

17 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އާރްޑީސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤުގެ ބޮޑުބައެއް ނިމިއްޖެ

އާރްޑިސީގެ ޚިޔާނާތާއި ގުޅިގެން ތިން މީހަކާއި ސުވާލުކޮށްފައިވާ ކަމަށާއި، އަދި އެޚިޔާނާތާއި ގުޅޭ ތަޙްޤީޤުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައި ކަމުގައި، ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޔުނިޓުން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމައްސަލައިގެ ތަފްޞީލްތައް ޙިއްޞާ ކުރައްވަމުން، ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫޠު ވިދާޅުވީ، އާރްޑީސީއާ ގުޅޭ ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤުތައްވެސް ނިންމައި ވަރަށް އަވަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމައްސަލައިގެ ތަޙްޤީޤުގައި ތިން މީހަކާއި ސުވާލުކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ލޫޠު ވިދާޅުވީ، އާރްޑީސީގެ ޚިޔާނާތް ހިންގާފައި ވަނީ، ކޯވިޑް-19ގެ ހާލަތުގައި މާލިއްޔަތާިއ ގުޅޭ ކަންކަމަށް ދިން ލުއި، ކޯވިޑްގެ ހާލަތު ނެތި ދިޔުމަށްފަހުވެސް އުވާ ނުލައި ދަމަހައްޓައިގެން ކަމަށެވެ.

އާރްޑީސީގެ ޚިޔާނާތުގައި އިސް 3 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ކުރިންވެސް ފުލުހުން ވިދާޅުވެފައި ވާއިރު، ތަހްޤީޤަށް ހާޟިރުކޮށް ސުވާލުކޮށްފައި ވަނީ އެތިން މީހުންނާކަމުގައިވެސް ލޫޠު ވިދާޅުވިއެވެ. އަދި އާރްޑީސީގެ އިތުރު 15 ވަރަކަށް މުވައްޒަފަކު އެޚިޔާނާތުގެ ފައިސާތައް ދައުރުކުރުމުގެ ތެރޭގައި ޝާމިލްވެފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ކުރިން ވިދާޅުވެފައި ވެއެވެ.

އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިޔަން ރުފިޔާ ވަދެފައިވާ ކަމަށާއި، އާރްޑީސީގެ މުވައްޒަފަކާއި ގުޅުން ހުރި މީހެއްގެ ކުންފުންޏަށްވެސް 3 ލައްކަ ރުފިޔާ ވަދެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ޚިޔާނާތުގައި ބައިވެރިވެފައި ވާކަމަށް ތުހުމަތު ކުރެވޭ 3 މީހުންގެ އެކައުންޓަށް ޖުމުލަ، 14 މިލިއަން ރުފިޔާ ވަދެފައިވާ ކަމުގައިވެސް ފުލުހުން އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބުދުﷲ ރަޝީދު ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.