Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

21 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

2027 ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ޤާއިމް ކުރަނީ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، 2027 ވަނަ އަހަރުގެ ކުރިން ފުލުހުންގެ ޚިދުމަތް ޤާއިމް ކުރުމަށް އަމާޒު ހިފާފައިވާ ކަމުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ، ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމްވެފައި ނެތް 46 ރަށެއްމިހާރު އެބައޮތް ކަމަށެވެ. އެހެން ނަމަވެސް މިހާރު އަމާޒު ހިފާފައި ވަނީ، 2027 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ މަރުކަޒުތައް ޤާއިމް ކުރުމަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"އަދުގެ ރައީސްގެ ސިޔާސަތަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި މީހުން އާބާދުވެ ދިރިއުޅޭ ހުރިހާ ރަށެެއްގައި، ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް އެޚިދުމަތް ދިނުން. އެޚިދުމަތްދޭން ބަލާއިރުގައި އަޅުގަނޑުމެން މި މިނިސްޓްރީ އާއި ހަވާލުވި އިރު، 46 ޕޮލިސް ސްޓޭޝަން ނެތް ރަށް އައިޑެންޓިފައި ކުރެވިފައި އެބަހުރި. މިހާރު އަޅުގަނޑުމެން ވާނީ ތާވަލެއްގެ ތެރެއިން، ޕޮލިސް ސްޓޭޝަންތައް ނެތް ރަށްރަށުގައި، ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުމުގެ ތާވަލެއް ކަނޑައަޅާފައި. 2027 ގެ ކުރިން ވާނީ ޓާގެޓްކޮށްފައި މިރަށްރަށުގައި، ޕޮލިސް ސްޓޭޝަންތައް ޤާއިމް ކުރުމަށް."

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތްތައް ޤާއިމްކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށްދާ ކަމަށެވެ. އަދި ގިނަ ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމް ކުރެވިފައިވަނީ، ރައްޔިތުންގެ އިމާރާތްތަކާއި ކުލީ އިމާރާތްތަކުގައި ކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.