ކުށަށް އަރައިގަތުމަށް ބޭނުން ކުރަމުން ދިޔަ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކުށަށް އަރައިގަތުމަށް ބޭނުން ކުރަމުން އައި އެ ޓެލެގްރާމް ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހުގައި އެކަމާއި ގުޅުންހުރި މައްސަލަތައް ތަޙްޤީޤުކުރަން ފަށާފައިވާކަމަށެވެ. އެނގިފައިވާ ގޮތުގައި އެޓެލެގްރާމް ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔައިރު އެގްރޫޕުގައި 1500 ވުރެ ގިނަ މީހުން ސަބްސްކްރައިބްކޮށްފައިވެއެވެ.