Advertisement

ހުޅުމާލެ ޕޮލިސް ސްޓޭޝަން --

02 May 2024
ޚަބަރު
ޢަލީ ސުލައިމާން

ލޯންޗެއްގައި އެކަނި މާލެ އައި ކުޑަކުއްޖާ ހޯދައި އާއިލާއާ ހަވާލުކޮށްފި

މެދުރާއްޖެތެރޭގެ އަތޮޅެއްގެ ރަށަކުން އެކަނި ލޯންޗެއްގައި މާލެއަށް ދަތުރުކޮށްފައި އައި 14 އަހަރުގެ ކުޑަ ފިރިހެންކުއްޖާ ހޯދައި އާއިލާ އާއި ހަވާލުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ބެލި ބެލުމުން މެދުރާއްޖެތެރޭގެ އަތޮޅެއްގެ ރަށަަކުން ގެއްލުނުކަމަށް ރިޕޯޓްކޮށްފައިވާ، ލޯންޗުގައި މާލެއަށް ދަތުރުކޮށްފައި ވަނީ 14 އަހަރުގެ ފިރިހެން ކުއްޖާއެވެ. އެކުއްޖާ މާލެއައި ފަހުން އެކުއްޖާ ލޯބިވެގެން އުޅޭ 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކުވެސް ހުޅުމާލެއިން އާއިލާއަށް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެކުޑަ އަންހެންކުއްޖާވެސް ހޯދިފައި ވާކަމަށާއި، ފެނުނު އިރު އެކުއްޖާގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ފުލުހުން ވިދާޅުވީ އެމައްސަލަތައް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ބަކުރު ބޭ
ތިފެއްނަނީ ކުޑަ ކުދީންގެ ފަރާތުން ފެއްނަ ޒާތުގެ ކަންތަކެއް ނޫން
02 May 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.