Advertisement

ބަނޑޭރި ކޮށި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ: ޙަފްސީ

13 May 2024
ޚަބަރު
ޢަލީ ސުލައިމާން

ބަނޑޭރި ކޮށީގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ސިފައިންގެ އާއިލާތައް ދިރިއުޅުމަށް ޚާއްޞަކޮށްފައިވާ ބަނޑޭރިކޮށީގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެގޭގެ ތެރެއިން މަރުވެފައި އޮއްވައި ފެނިފައި ވަނީ ފިރިހެނެއް ކަމަށެވެ. ދާދި ފަހުން ބަނޑޭރިކޮށީގެ ބައެއް ގެތަކުގައި ދިރިއުޅެމުން އައި ސިފައިންގެ އާއިލާތައް ހުޅުމާލޭ ސިފްކޯ ހިޔާއިން އެފަރާތްތަކަށް ލިބިފައިވާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފައިވާއިރު، މަރުވެފައި އޮތް މީހާ ފެނުނު ގެއަކީ، މިހާރު މީހުން ދިރިނޫޅޭ ގެއެއް ކަމުގައި ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

މަރުވެފައި އޮތް އެމީހާ ފެނިފައި ވަނީ، ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެގެއަށް ފުލުހުން ވަދެ ބެލި ބެލުމުން ކަމުގައި ފުލުހުންގެ އިދާރާއިން ބުނެފައި ވެއެވެ.

މަރުވެފައިވާ މީހާ އާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.