Advertisement

ހުޅުމާލެ ސެންޓްރަލް ޕާކު --

29 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެ ސެންޓްރަލް ޕާކުގެ ތެރޭގައި އިންޑިއާ ބަޔަކާއި ދިވެހިޒުވާނުން ތަކަކާއި ދެމެދު މާރާމާރީއެއް ހިނގައި އެކަކު ހައްޔަރުކޮށްފި

ހުޅުމާލެ ސެންޓްރަލް ޕާކުގެ ތެރޭގައި މިރޭ 21:00 ހާއިރު ދިވެހި ޒުވާނުން ތަކަކާއި އިންޑިއާ ބަޔަކާއި ދެމެދު މާރާމާރީއެއް ހިނގައި އެކަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިމާރާމާރީ އާއި ގުޅިގެން އަނިޔާވި ދެމީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާރާމާރީ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މާރާމާރީގައި ޝާމިލްވާ މީހުންގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ނުހިމެނޭ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ހަމަނުޖެހުން ހިންގި އިންޑިއާ މީހުން ތިބީ މަސްތުގެ ހާލަތުގައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން، ފުލުހުން އެއްޗެއް ވިދާޅެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މައްސަލަ ތަހްޤީޤު ކުރަމުންދާ ކަމަށެވެ.

ހުޅުމާލެ މަގުތައް މަތީގައި މަސްތުގެ ހާލުގައި އުޅޭ އިންޑިއާ މީހުންގެ އަދަދު ފަހަކަށް އައިސް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.