Advertisement

ފުވައްމުލަކު މަގެއް --- ފޮޓޯ: ސާއިމް

29 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ފުވައްމުލަކުގައި ރޭ ދެ އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް ހާލަތުގައި!

ފުވައްމުލަކުގައި ރޭ ދެ އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެފަިއވާ ކަމަށާއި އޭގެ ތެރެއިން އެކެއްގެ ހާލަތު ސީރިއަސް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ފުވައްމުލަކުގައި ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެންކަމަށެވެ. އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 22:48 ގައެވެ. ދެސައިކަލު ޖެހިގެން ހިނގި މިއެކްސިޑެންޓްގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފުވައްމުލައް ހޮސްޕިޓަލްގެ އައިސީޔޫގަިއ ފަރުވާދެމުން އަންނަ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުުލުހުންގެ އިދާރާއިން ވިދާޅުވީ، ފުވައްމުލަކުގައި ރޭގައި ދެވަނަ އެކްސިޑެންޓެއް ހިނގާފައި ވަނީ މީހަކު ސައިކަލަކުން ވެއްޓިގެން ކަމަށެވެ. އެހާދިސާ ހިނގާފައި ވަނީ، ފުވައްމުލައް ސިޓީގެ އެއަރޕޯރޓް ސަރަހައްދުގައި ހަރުކޮށްފައިވާ ގިޑިގެއެއްގެ ބައެއް ނެއްޓިފައިވަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއް އެތަނުން ނެއްޓިގެން ދާން މަސައްކަތްކުރުމުގެ ތެރޭގައި ސައިކަލް ކަހާލައިގެން ވެއްޓުމުގެ ސަބަބުމުންނެވެ. މިހާދިސާގައި ސައިކަލް ދުއްވި އުމުރުން 27 އަހަރުގެ މީހަކަށް އަނިޔާވެގެން ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާ ދެމެންދާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.