Advertisement

ފުލުހުންގެ ބެލުމުގެ ދަށުން ހަމަނުޖެހުން ހިންގި މީހާ ގެންދަނީ ---

07 May 2024
ޚަބަރު
ޢަލީ ސުލައިމާން

އެއާޕޯޓުގައި މާރާމާރީ ހިންގި މީހާ ދޫކޮށްލީ ކްރިމިނަލް ކޯޓުން ނޫންކަމުގައި އެކޯޓުން ބުނެފި

މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، އެއާލައިންގެ ދިވެހި މުވައްޒަފެއްގެ ގައިގައި ތަޅައިގަނެ މާރާމާާރީ ހިންގި ބިދޭސީ މީހާ، ބަންދު މުއްދަތު ޖަހަން ކުރިމިނަލްކޯޓަށް ހާޟިރުކޮށްފައި ނުވާ ކަމުގައި އެކޯޓުން ބުނެފިއެވެ.

އެކޯޓުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އެއާޕޯޓްގައި މިއަދު މާރާމާރި ހިންގި ބިދޭސީ މީހާ އަށް ޝަރުތުކުރުމަށް ފަހު ‘ކްރިމިނަލް ކޯޓުން’ އޭނާ ދޫކޮށްލިކަމަށް ބުނެ، ބައެއް ނޫސްތަކުގައި ލިޔެފައިވަނީ ރަނގަޅު މަޢުލޫމާތެއް ނޫން ކަމަށެވެ. އަދި އެ ބިދޭސީމީހާގެ ބަންދާމެދު ގޮތެެއް ނިންމުމަށް އެ ކޯޓަށް ހާޒިރުކޮށްފައި ނުވާކަމުގައި ކުރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ ޓްވީޓް --

ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ފުލުހުންގެ ފަރާތުން ލިޔެފައިވާ މެސެޖުގައި ބުނެފައި ވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެމީހާ ކޯޓަށް ހާޟިރުކުރުމުން، ޝަރުޠުތަކަަކާއި އެކު ކޯޓުން އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމީހާ ހާޟިރު ކުރީ ކޮން ކޯޓަކަށް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

މާލެ ސަރަހައްދުގައި ހިނގާ ޖިނާޢީ މައްސަލަތަކުގައި ހިމެނޭ މީހުންގެ ބަންދު މުއްދަތު ޖެހުމަށް ހާޟިރު ކުރަމުން އަންނަނީ، މާލޭގައި ހުންނަ ކްރިމިނަލް ކޯޓަށް ކަމަށް ވާތީ، ފުލުހުން ކޮން ކޯޓެއް ކަމުގައި ނުބުނެ އޮތުމުން ބައެއް މީޑިއާތަކަށް ވަނީ އެކަމުގެ އޮޅުންތައް އަރާފައެވެ.

މިމާރާމާރީ ހިންގި މީހާއަކީ، އެމެރިކާގެ ރައްޔިތަކަށް ވާއިރު، ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ހުންނަނީވެސް ހުޅުމާލޭގައި ކަމަށް ވާއިރު، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް އެމީހާގެ ބަންދު މުއްދަތުޖަހަން ގެންދިޔައީ ކޮން އިޖުރާއަތެއްގެ މައްޗަށް ބިނާކޮށްގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މާރާމާރީ ހިންގި އެމެރިކާ މީހާގެ މައްސަލައިގެ ތެރެއަށް އެމެރިކާ އެމްބަސީން ނުފޫޒު ފޯރުވައިގެން އެމީހާ ފުރުވާލަން އުޅޭ ކަމަށް ބުނެ، އާއްމު ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުންފާޅުކޮށް ތުހުމަތުތައް ކުރަމުންނެވެ.

ކޮމެންޓް
ާލި
ތި އިމާރާތުން ނޭނގުނު އެކައްޗެއްވެސް ހަބަރު ކިޔާ މީހުންނަށް އިނގޭ ގޮތައް މިހާރު އޭނަ ހުރި ހިސާބެކާ ކޮންތާކުކަން ތަންކޮޅެއް ތަފުސީލު ކޮށް ލިޔެލަބަލަ...
08 May 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.