Advertisement

ފުލުހުންގެ މައި އިދާރާ --

13 May 2024
ޚަބަރު
ޢަލީ ސުލައިމާން

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާކަމުގެ ތުހުމަތު ކުރެވޭ ފުލުހެއްގެ މައްސަލަ ބަލަނީ

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާކަމުގެ ތުހުމަތު ކުރެވޭ ފުލުހެއްގެ މައްސަލަ, ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް އިން ތަޙްގީގުކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، ފުލުހުންގެ އޮފިސަރަކާއި މެދު ސޯޝަލް މީޑިއާގައި ތުހުމަތުކޮށް ދައުރުކުރަމުންދާ ޕޯސްޓެއް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި އެ ފުލުސް މީހާގެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. 

ސޯޝަލް މީޑިއާގައި މީހަކު ވަނީ، ފުލުހެއްގެ ފޮޓޯ އާއި ވަނަވަރު ޙިއްޞާކޮށް އެފުލުސް މީހާއަކީ، ރާއްޖެއަށް ކާރު ގަނެދޭނެ ކަމަށް ބުނެ، މީހުންގެ އަތުން ފައިސާ ނަގަމުން ގެންދާ މީހެއް ކަމަށެވެ. އަދި އޭނާގެ މައްސަލަ ފުލުހަށް ހުށައަޅައިގެން ނުބެލޭ ކަމަށްވެސް ސޯޝަލް މީޑިއާގައި އެމީހާ ބުނެފައި ވެއެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން އެކި ގޮތް ގޮތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާ އިރު އެފަދަ މައްސަލަތަކުގައި ފުލުހުން ޝާމިލްވާކަމަށް ބުނެ އާއްމު ރައްޔިތުން މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ. އަދި އެފަދަ ކަންކަމަށް އާއްމުން ސަމާލުވުމަށްވެސް ފުލުހުންގެ އިދާރާއިން ތަކުރާރުކޮށް އިލްތިމާސް ކުރަމުން ގެންދެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.