Advertisement

ސިނަމާލެ ބުރިޖު --

17 May 2024
ޚަބަރު
ޢަލީ ސުލައިމާން

ސިނަމާލެ ބުރިޖުގައި ހެލްމެޓް ނާޅައި ދުއްވި ދެމީހަކު ހޯދައި ޖޫރިމަނާކޮށްފި

ޓްރެފިކް ޤަވާއިދާއި ޚިލާފަށް ސިނަމާލެ ބުރިޖުގައި، ހެލްމެޓް ނާޅައި ދުުއްވި ދެމީހަކު ހޯދައި ޖޫރިމަނާކޮށް ފިޔަވަޅުއަޅާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާގެ ސަމާލުކަމަށް މިކަން އައިސްފައި ވަނީ އެދެމީހުން ޓްރެފިކް ޤަވާއިދާއި ޚިލާފަށް ހެލްމެޓް ނާޅާއި ސިނަމާލެ ބުރިޖާއި ހައިވޭ މަތިން ދަތުރުކުރާ ވީޑިއޯއެއް އާއްމު މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް އެވީޑިއޯ ދައުރުކުރަން ފެށުމުންނެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސައިކަލް ދުއްވި މީހާ އާއި އެއުޅަނދުގެ ފަހަތުގައި އިންމީހާވެސް ހޯދައި އެމީހުން ޖޫރިމަނާކޮށްފައި ވާކަމަށެވެ. މީގެއިތުރުން ފުލުހުން ވަނީ، ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރިހާ ފަރާތްތަކަކުންވެސް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.

ސޯޝަލް މީޑިއާގައި މީހަކު އާއްމުކުރި އެ ވީޑިއޯއިން ފެންނަ ގޮތުގައި، ހެލްމެޓް ނާޅައި ސިނަމާލެ ބުރިޖާއި، ހައިވޭގައި ދަތުރުކޮށްފައި ވަނީ، ބިދޭސީ އަންހެނަކާއި ދިވެހި ފިރިހެނެކެވެ. އެހެން ނަމަވެސް އެމީހުންނާއި ގުޅޭ ގޮތުން ފުލުހުން ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.