Advertisement

ދިވެހި ފުލުހުންގެ މައި މަރުކަޒު --

09 May 2024
ޚަބަރު
ޢަލީ ސުލައިމާން

ފުލުހުންގެ ނަމުގައި ރާއްޖެއިން ބޭރު ނަމްބަރުތަކަކުން ގުޅައިގެން ބަޔަކު އާއްމުންގެ އަތުން ފޭރެނީ

ދިވެހި ފުލުހުންގެ ނަމުގައި ރާއްޖެއިން ބޭރު ނަމްބަރުތަކަކުން ގުޅައިގެން ބަޔަކު އާއްމުންގެ އަތުން ފައިސާ ފޭރުމުގެ އަމަލުތައް ހިންގަމުންދާކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ލޯގޯ ބޭނުންކޮށްފައިވާ ރާއްޖޭން ބޭރުގެ ވަޓްސްއަޕް ނަމްބަރަކުން، މީހުންނަށް ގުޅައިގެން ބޭންކު ކާޑުގެ މައުލޫމާތާއި ޒާތީ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން ވަޓްސް އެޕުން ވީޑިއޯ ކޯލްކޮށް، ކޭޝް ކާޑާއި ކްރެޑިޓް ކާޑު ދެއްކުމަށާއި އައިޑީ ކާޑު ދެއްކުމަށް އެދެމުންދާ ކަމަށެވެ. އަދި އެގޮތަށް ވީޑިއޯ ކޯލް ކުރާ މީހުން ތިބެނީ މޫނު ފޮރުވައިގެން ކަންވެސް ފުލުހުންގެ ޚިދުމަތުން ފާހަގަކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރާއްޖެއިން ބޭރުގެ އެއްވެސް ނަމްބަރެއް ބޭނުންކޮށްގެން ފުލުހުން އާއްމުންނަށް ނުގުޅާނެ ކަމަށާއި އަދި އާއްމުންގެ ބޭންކު ކާޑުތަކުގެ މައުލޫމާތާއި ޒާތީ މައުލޫމާތު ދިނުމަށްވެސް ނޭދޭނެ ކަމަށެވެ. އަދި އެއީ ސްކޭމްއެއްކަމަށް ވުމާއި އެކު އެފަދަ ކޯލްތަކަށް ޖަވާބު ނުދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެޚިދުމަތުގައި ނަމުގައި ކުރާ ކޯލްތަކުގެ އިތުރުން، މޯލްޑިވުސް އިމިގްރޭޝަންގެ ނަމުގައިވެސް ރާއްޖެއިން ބޭރުގެ ނަމްބަރު ތަކުން ގުޅަމުންދާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމަށް އާައްމުން ސަމާލުކަން ދިނުމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާއްމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.