މޯލްޑިްވްސް ޕޮލިސް ސަރވިސް
20 Apr 2024
ޚަބަރު
މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ނުކުތް ދެމީހަކު ގެއްލިގެން ހޯދަން ފަށައިފި
އެމްއެންޑީއެފުން ވިދާޅުވީ، ދޯނި ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުން އެމްއެންޑިއެފަށް ފޯރުކޮށްދީފައި ވަނީ މިރޭގެ 22:45 ހާއިރުގައި ކަމަށެވެ. އެމްއެންޑީއެފުން ބުނީ، ފަރިހި 2 ނަމަކަށް ކިޔާ އެދޯންޏަކީ ޑައިވިން ދޯންޏެއް ކަމަށާއި، އެދޯނީގައި އެދެމީހުން މަސްވެރިކަމަށް ނުކުމެފައި ވަނީ މ. ރަތްމަންދޫ ކައިރިއަށް ކަމަށެވެ. އަދި އެދޯނި ފުރާފައި ވަނީ މިރޭގެ 8 ޖަހާއިރު އަންނަ ގޮތަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
16 Apr 2024
ޚަބަރު
ޖަޒީރާގެ ނަމުގައި ހިންގަމުން އައި ޓެލެގްރާމް ގުރޫޕާއި ގުޅުން ހުރި މައްސަލައެއްގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ، މިހުސްވި މާރިޗު މަހުގެ 30 ވަނަ ދުވަހުގައި ކަމަށެވެ. އަދި ފުރަތަމަ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން އޭނާގެ ބަންދަށް ފުރަތަމަ ޖަހައިދިން ބަންދު 15 ދުވަސް ހަމަވުމުން އިތުރު 15 ދުވަސް ކޯޓުންދީފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
11 Apr 2024
ޚަބަރު
ފަޅުރަށުގައި ގެނބިގެން، ތަޙްޤީޤަށް މާލެ ގެނައި ކުއްޖާގެ ހަށިގަނޑު ވަޅުލައިފި
އާއިލާގެ މީހުންނާއި އެކު، ތ. ވިލުފުއްޓާއި ގާތުގައި، އޮންނަ، ތ.ރަކީފުއްޓަށް ދަތުރުގޮސް އުޅެނިކޮށް ނިޔާވި، ކުއްޖާގެ ހަށިގަނޑު ފުލުހުން މާލެ ގެނެސްފައި ވަނީ ރޭ އިރާކޮޅުގައެވެ. އެކުއްޖާގެ ޖަނާޒާ ބާއްވައި، ހަށިގަނޑު ހުޅުމާލެ ސަހަރާގައި ވަޅުލާފައި ވަނީ ރޭގެ ފަތިސް ނަމާދަށް ފަހުގައެވެ. ކުޑަކުއްޖާ މަރުވި ހާދިސާ ތަޙްޤީޤު ކުރަމުންދާކަމުގައި ވިދާޅުވުން ފިޔަވައި އެކަމާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
10 Apr 2024
ޚަބަރު
ދަތުރުގޮސް އުޅެނިކޮށް މަރުވި ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި
ކުއްޖާ މޫދުތެރޭގައި ބަންޑުން ގިނައިރު އޮވެ އަދި ކައީރީގައި އޮތް އާނުގަނޑު މައްޗަށް ލައްވުމުން، އެމީހުންނާއި އެކު ދަތުރުގޮސް އުޅު މީހަކަށް ފެނިގެން ބެލި އިރު އެކުއްޖާއަށް އޮތީ ފިޓުޖެހިފައި ކަމަށްވެސް ދަތުރު ދިޔަ މީހުން ބުނެފައިވެއެވެ.
10 Apr 2024
ޚަބަރު
ވިލުފުށި ކައިރީގައި އޮތް ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު ކުއްޖަކު މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ދަތުރުގޮސް އުޅުނު ކުއްޖަކު ގެނބިގެން ވިލުފުށީ ހެލްތު ސެންޓަރަށް ގެންދާކަަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު ފަހު، 12:45ގައި ކަަމަށެވެ. އަދި އެކުއްޖާ ވިލުފުށީ ސިއްޙިމަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޞިއްޙީމަރުކަޒުން އެކުއްޖާ ބެއްލެވި ޑޮކްޓަރާއި ހަވާލާދީ ފުލުހުން ވިދާޅުވެފައި ވެއެވެ.
10 Apr 2024
ޚަބަރު
ހުޅުމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ދެމީހަކަށް އަނިޔާވެއްޖެ
ފުުލުހުންގެ އިދާރާއިން ވިދާޅުވީ މިއެކްސިޑެންޓް ހިނގާަފައި ވަނީ، ހުޅުމާލެ ކައިރީގައި އޮންނަ ބަނާނާ ރީފާއި ގާތުގައި ކަމަށެވެ. މިއެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަކީ، ޑިންގީގައި ތިބި ދެމީހުން ކަމަށާއި އެއީ ދިވެއްސަކާއި ބިދޭސީއެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
09 Apr 2024
ޚަބަރު
ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއަޅައި ހުއްޓުވައިފި
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މީޑިއާތަށް ވިދާޅުވީ، ފުލުހުން ޣިޔާސުއްދީން ސްކޫލުގައި ހަރަކާތްތެރިވަމުން ދަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިގެން ކަމަށެވެ. އަދި އެޖަލްސާ އެ ސްކޫލުގައި ރައްކާތެރިކަން ޤާއިމްކޮށްދިނުމަށް އެސްކޫލު ހިންގާ ކުންފުނިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އެދިފައިވާ ކަމުގައިވެސް ޝިފާން ވިދާޅުވިއެވެ.
07 Apr 2024
ޚަބަރު
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެއާޕޯޓުގެ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެ
އެމީހުންގެ ބަންދިގެ މުއްދަތު އިތުރުކުރުމަށް މިއަދު އެމީހުން ކޯޓަށް ހާޟިރު ކުރުމުން، އެމީހުންގެ ތެރޭގައި ހިމެނޭ އެއާޕޯޓުގެ ސީނިއަރ މުވައްޒަފު ފުލުހުން ދޫކޮށްލާފައިވާ ކަމުގައިވެސް ޝިފާން ވިދާޅުވިއެވެ. ޝިފާން ވިދާޅުވީ، އެމުވައްޒަފާއި ދެކޮޅަށް ހެކި ހުރި ނަމަވެސް އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތުތަކާއި އެކުގައި ކަމަށެވެ.
06 Apr 2024
ޚަބަރު
ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރީ ކުޑަ ދެކުދިން: ފުލުހުން
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުނުކުރުމަށް އެދޭ ކަމަށެވެ.
06 Apr 2024
ޚަބަރު
އއ. ރަސްދޫގަައި ކުޑަ ފިރިހެން ކުއްޖަކަށް ބަޔަކު އަނިޔާކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
މިސްކިތެއްގެ ފާޚާނާ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިސްމާނީ އަނިޔާކޮށް ބުލީ ކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރުވާން ފެށުމާއި އެކު، ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައިކަމަށެވެ.
05 Apr 2024
ޚަބަރު
ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާއި ގުޅޭ މައުލޫމާތު ހޯދަން އާއްމުންގެ އެހީއަށް ފުލުހުން އެދިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ އެކްސިޑެންޓް ހިނގާފައި ވަނީ، ހަވީރު 04:54 އެހައިކަންހާއިރު ހުޅުމާލެ، ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ކަންމަތީގައި ދެ ސައިކަލް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓެއްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް މީހަކު ނުވަތަ ބަޔަކު ވޭތޯ ބަލަން ބޭނުންވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.
05 Apr 2024
ޚަބަރު
ޕޯސްޓުގެ ޒަރީޢާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ވަރަށް ބޮޑަށް އާއްމުވެއްޖެ
މިހެން ވިދާޅުވީ، ފުލުހުންގެ ތަޙްޤީޤުތަކާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ޙިއްޞާކުުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުއެވެ.
03 Apr 2024
ޚަބަރު
ފުވައްމުލަކުގައި ރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ރޭ ގެ އެކްސިޑެންޓް ހިނގާފައި ވަނީ، ފުވައްމުލަކު ދިގުވާޑު ނައިބު ތުއްތުމަގުން ދުއްވާފައި ދިޔަ ސައިކަލެއް އެމަގުގައި ބާއްވާފައި އޮތް އެކްސްކަވޭޓަރެއްގައި ޖެހިގެންނެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 23:45 ގައި ކަމަށެވެ.
02 Apr 2024
ޚަބަރު
ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ މާލެއިން ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިފައި ވަނީ މާލެއިން ކަމަށެވެ. ގެއްލިގެން ހޯދަމުން ދިޔައީ، ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު، (13 އަހަރު) އެވެ.
02 Apr 2024
ޚަބަރު
ހުޅުމާލެއިން ކުޑަ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ
އާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ، އެކުއްޖާ އެންމެ ފަހުން ފެނިފައި ވަނީ، އޭޕްރިލް 01 ވަނަ ދުވަހުގެ 18:00 އެހައިކަންހާއިރު، އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި އެއިރު އެކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއްކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
01 Apr 2024
ޚަބަރު
މިސްކިތުން ވައްކަން ކުރި މީހަކު ހޯދައި ހައްޔަރުކޮށްފި
ތަޤުވާ މިސްކިތުން މީހަކު ފަންކާއެއް ވަގަށް ނަގައިގެން މީހަކުދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ސިޓީކައުންސިލުން އިއްޔެ އާއްމު ކުރިއެވެ. އެކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، އެވީޑިއޯގައި ފެންނަ މީހާ ހޯދައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.