Advertisement

16 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޖަޒީރާގެ ނަމުގައި ހިންގަމުން އައި ޓެލެގްރާމް ގުރޫޕާއި ގުޅުން ހުރި މައްސަލައެއްގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ޖަޒީރާ ޓެލެގްރާމް ގުރޫޕްގެ މައްސަލައިގައި، އުމުރުން 60 އަހަރުގެ މީހަކު ބަންދުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ، މިހުސްވި މާރިޗު މަހުގެ 30 ވަނަ ދުވަހުގައި ކަމަށެވެ. އަދި ފުރަތަމަ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން އޭނާގެ ބަންދަށް ފުރަތަމަ ޖަހައިދިން ބަންދު 15 ދުވަސް ހަމަވުމުން އިތުރު 15 ދުވަސް ކޯޓުންދީފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ޖަޒީރާ ޓެލެގްރާމް ގުރޫޕްތަކުގެ މައްސަލައިގައި ހައްޔަރުކޮށްފައި އެމީހާ އަކީ ޓެކްސީ ޑްރައިވަރެކެވެ. އެމީހާއަކީ، ޖަޒީރާ އެސްކޯޓްގެ ނަމުގައި މީހުންނާއި ތަކެތި އެއްތަނުން އަނެއްތަނަށް އުފުލައިދިނުމުގައި އެހީތެރިވެދެމުން އައި މީހާއެވެ.

ޖަޒީރާގެ ނަމުގައި ހިންގަމުން އައި ޓެލެގްރާމް ޗެނަލްތަކުގައި، އައީ މަސްތުވާތަކެއްޗާއި ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އެގުރޫޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެގުރޫޕް ހިންގުމުގައި އަމަލީ ގޮތުން މަސައްކަތްކޮށްފައިވާ ފަރާތްތައް ފުލުހުން ވަނީ އަތުލައިގެންފައެވެ.

ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ އެސްކޯޓް ގެލަރީ، ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ހަބަރުގެ ނަމުގައި ޓެލެގްރާގައި ގުރޫޕްތައް ހިންގަމުން އައި މީހުން ހައްޔަރުކޮށް އެގްރޫޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ހުސްވި މާރިޗު މަހުގެ 13 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.