Advertisement

ޢާއިޝަތު ޝައިމާ (16އ) --

11 Apr 2024
ޚަބަރު

ފަޅުރަށުގައި ގެނބިގެން، ތަޙްޤީޤަށް މާލެ ގެނައި ކުއްޖާގެ ހަށިގަނޑު ވަޅުލައިފި

އާއިލާގެ ބަޔަކާއި އެކު އިއްޔެ ދަތުރުގޮސް އުޅެނިކޮށް މަރުވި، ކުޑަކުއްޖާގެ ހަށިގަނޑު ތަޙްޤީޤަށް މާލެ ގެނައުމަށް ފަހުގައި، ރޭ ފަތިސް ނަމާދަށްފަހު ވަޅުލައިފިއެވެ.

އާއިލާގެ މީހުންނާއި އެކު، ތ. ވިލުފުއްޓާއި ގާތުގައި، އޮންނަ، ތ.ރަކީފުއްޓަށް ދަތުރުގޮސް އުޅެނިކޮށް ނިޔާވި، ކުއްޖާގެ ހަށިގަނޑު ފުލުހުން މާލެ ގެނެސްފައި ވަނީ ރޭ އިރާކޮޅުގައެވެ. އެކުއްޖާގެ ޖަނާޒާ ބާއްވައި، ހަށިގަނޑު ހުޅުމާލެ ސަހަރާގައި ވަޅުލާފައި ވަނީ ރޭގެ ފަތިސް ނަމާދަށް ފަހުގައެވެ. ކުޑަކުއްޖާ މަރުވި ހާދިސާ ތަޙްޤީޤު ކުރަމުންދާކަމުގައި ވިދާޅުވުން ފިޔަވައި އެކަމާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އިއްޔެ ހިނގި ހާދިސާގައި ނިޔާވެފައި ވަނީ، ގ. ހިލާލު ޢާއިޝަތު ޝައިމާ (16އ) އެވެ. ވިލުފުށީގައި ޝައިމާ ކުޑައިރުންފެށިގެން ދިރިއުޅެމުން އައީ އޭނާގެ މާމަ އާއި މަންމަފަރާތުގެ އާއިލާގެ މީހުންނާއި އެކުގައެވެ. ޝައިމާ ތައުލީމު ޙާސިލްކުރަމުން ދިޔައީ، ވިލުފުށީ ސްކޫލުގައެވެ.

ޝައިމާ ނިޔާވި ހާދިސާ ހިނގީ އާއިލާ މީހުންނާއި އެކު ދަތުރުގޮސް އުޅެނިކޮށެވެ.

ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ބުނީ، ކުއްޖާ މަރުވީ މޫދު ތެރޭގައި އުޅެނިކޮށް ފިޓުޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި ކުރިންވެސް އެކުއްޖާއަކީ ފިޓުޖެހޭ ކުއްޖެއް ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

އެކުއްޖާ އެހެންކުދިންތަކަކާއި އެކު މޫދަށް އެރި ކުޅެ އުޅުމުގެ ތެރޭގައި މާގިނަ އިރު ބަންޑުން މޫދުތެރޭގައި އޮތުމައި، އަދި ގޮނޑުދޮށުގެ އާނުގަނޑުމައްޗަށް ރާޅާއެކު ލައްވުމުން ކުއްޖާގެ ހަރަކާތް ހުއްޓިފައިވާކަން ފާހަގަކުރެއްވި އެކުއްޖާ ނެގީ އެމީހުންނާއި އެކު ދަތުރުގޮސް އުޅުނު މީހަކަށް ފެނިގެންކަމަށްވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކުއްޖަކު ގެނބިގެން، ވިލުފުށީ ޞިއްޙީމަރުކަޒަށް ގެންނަ ކަމުގެ ރިޕޯޓު ލިބުނީ އިއްޔެގެ 12:45 ގައި ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.