Advertisement

ޕީއެންއެފްގެ އިސްބޭފުޅުން ޣިޔާޘުއްދީން ހޯލުގައި

09 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއަޅައި ހުއްޓުވައިފި

ރައީސް ޔާމީނުގެ ދަރިކަލުން ޒެއިން ޢަބުދުﷲ ޔާމީނަށް އުފެއްދުމަށް ހުއްދަ ދީފައިވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް ޕީއެންއެފް އުފެއްދުމުގެ ގޮތުން މިރޭ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ހޯލުގައި ބޭއްވުމަށް ތައްޔާރުވި ޖަލްސާއަށް ހުރަސް އަޅައި ހުއްޓުވައިފިއެވެ

ފުލުހުން ވަނީ މިހާރު ޣިޔާސުއްދީން ސްކޫލަށް އާމުންނާއި ޕީއެންއެފްގެ އިސްފަރާތްތަކަށް ނުވަދެވޭނެހެން އެސްކޫލުގެ ގޭޓު ބަންދުކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މީޑިއާތަށް ވިދާޅުވީ، ފުލުހުން ޣިޔާސުއްދީން ސްކޫލުގައި ހަރަކާތްތެރިވަމުން ދަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިގެން ކަމަށެވެ. އަދި އެޖަލްސާ އެ ސްކޫލުގައި ރައްކާތެރިކަން ޤާއިމްކޮށްދިނުމަށް އެސްކޫލު ހިންގާ ކުންފުނިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އެދިފައިވާ ކަމުގައިވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އީމެއިލަކުން އެކަމަށް ފުލުހުންގެ ކިބައިން އެދިފައި ވަނީ، މިއަދު އިރުއޮއްސި 6:42ގައި ކަމަށެވެ.

"ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން، އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އަދި އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުންދަނީ އެޓެންޑް ކުރަމުން"

އަޙްމަދު ޝިފާން - ފުލުހުންގެ ތަރުޖަމާނު

ޝިފާންއަށް ރައްދު ދެއްވައި ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ވަޒީރު މުޙައްމަދު މަލީހް ޖަމާލު ވިދާޅުވީ، ޝިފާން ވިދާޅުވާ ވާހަކަފުޅަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި، ކުންފުންޏާއިއެކު ހެދި އެގްރިމެންޓް ދެމި އޮތް ކަމަށާއި، ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ކުރިޔަށް ގެންދިޔައީ އެކުންފުނީގެ އެއްބާރުލުމާއި އެކުގައި ކަމަށެވެ.

ޣިޔާޘުއްދީން ސްކޫލުގައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އެސްކޫލު ހިންގާ ކުންފުންޏާއި އެކު އެއްބަސްވެ އެޑްވާންސް ފައިސާވެސް ޕީއެންއެފުން ދައްކާފައިވާކަމަށް އެޕާޓީން ބުނެފައިވެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޣިޔާސުއްދީން ސްކޫލު ހޯލު ކުއްޔަސް ދިނުމަށް އެސްކޫލު ހިންގާ ކުންފުނިން ޕީއެންއެފާއިއެކު ވެފައިވާ އެއްބަސްވުން ކެންސަލްކޮށްފައިވާ ކަމަށް އެސްކޫލުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް ތަން ކުއްޔަށް ދިނުމަށް ފަހުގައި އެގްރީމެންޓް ކެންސަލްކުރި ސަބަބެއް އެކުންފުނީގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާޘުއްދީން ސްކޫލުގައި ބޭއްވިޔަނުދީ ފުލުހުން އެކަމަށް ހުރައެޅުމާއި ގުޅިގެން، ޕީއެންއެފް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވާފައިވާ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޢަބުދުﷲ ޔާމީން ވިދާޅުވީ، ފެނިގެން މިދަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚުދުމުޚުތާރުކަން ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބިވަޑައިގަތީ އެމަނިކުފާނަށް ތާއީދެއް އޮވެގެން ނޫންކަމުގައި ޒެއިން ވިދާޅުވިއެވެ.

ފުލުހުން ޣިޔާޘުއްދީން ސްކޫލުގެ ގޭޓުތައް ބަންދުކޮށްފައި ވީނަމަވެސް ގޭޓުގެ އެތެރޭގައި ސްކޫލުގެ ގޯތި ތެރޭގައި ޕީއެންއެފަށް ނިސްބަތްވާ އިސް ބައެއް ބޭފުޅުންނާއި އާއްމުން އެބަތިއްބެއެވެ.

.

.

.

.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.