ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)
08 Apr 2024
ޚަބަރު
ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފި
ޕީއެންްއެފް އުފެއްދުމަށް ބާއްވާ ޖަލްސާ އޮންނާނީ މިއޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ ރޭ (މާދަމާރޭ) 9:15ގައި ޣިޔާޘުއްދީން ސްކޫލް ހޯލުގައެވެ. މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައި އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، މުޙައްމަދު މަލީހް ޖަމާލު ވިދާޅުވިއެވެ.
08 Apr 2024
ޚަބަރު
ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ ފަސްކޮށްފި
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ މުހައްމަދު މަލީޙް ޖަމާލު ވިދާޅުވީ، ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުން ފަސްކޮށްފައި ވަނީ، ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކަމަށެވެ. އަދި ޕީއެންއެފް ނުހުއްޓުވޭނެ ކަމަށާއި ދެން ޖަލްސާ ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް އިޢުލާނު ކުރައްވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
07 Apr 2024
ޚަބަރު
ޕީއެންއެފް އުފެއްދުމަށް ބާއްވަ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑާއިގަންނަވާނެކަމަށް އެޕާޓީން ބުނެފި
އެޕާޓީ އުފެއްދުމުގެ މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ، ކުރީގެ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވީ، ޕީއެންއެފް އުފެއްދުމުގެ ގޮތުން މާދަމާރޭ ޣިޔާޘުއްދީން ސްކޫލުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަަޑައިގަންނަވާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޔާމީން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުއްދައަށް އެދިވަޑައިގެންފައި ވީނަމަވެސް އެކަމުގައި ކަރެކްޝަންސްއިން ނިންމި ގޮތެއް އެއިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
11 Dec 2023
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)
ރައީސް ޔާމީނު ސިޔާސީ ކަންކަމުގައި ބައިވެރިވާތީ އެކަން ކަރެކްޝަންސްއިން ބަލަންފަށައިފި
ރައީސް ޔާމީން ވަނީ، އެމަނިކުފާނު އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ ޕީއެންއެފްއަށް ސޮއެކުރައްވައި އެޕާޓީގެ އޮފީހުގައި ރޭ ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އެބައްދަލުވުން މީޑިއާތަކުން ވަގުތުން ދުރަށް ބްރޯޑްކާސްޓް ކުރަމުންވެސް ގެންގޮސްފައިވެއެވެ.
30 Nov 2023
ޚަބަރު
ޝިފާޤު ޕީއެންސީ ދޫކޮށްލައްވައި ރައީސް ޔާމީނުގެ އައު ޕާޓީއަށް
މިއީ ސަރުކާރު ހިންގާ ޕާޓީގެ ގޮތުގައި އޮތް ޕީއެންސީގެ އިސްމަޤާމެއްގައި ހުންނެވި ބޭފުޅުންގެ ތެރެއިން އެޕާޓީން ވަކިވެވަޑައިގަތް ފުރަތަމަ ބޭފުޅާއެވެ. ޕީއެސްސީން ވަކިވެވަޑައިގެން ޝިފާޤު އާއްމު ކުރެއްވި ސިޓީގައި ވިދާޅުވީ، ޕީއެންސީ މިއަދު އެހިނގާ މަގަކީ ދިވެހީންގެ ރާއްޖޭ ދިވެހީން އެދޭ މަގަށް ގެންދެވޭނެ ގޮތެއް ކަމަށް ނުފެންނާތީ ޕާޓީން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
26 Nov 2023
ރިޕޯޓް
ޑރ. މުޢިއްޒަށް ކިހާ ދުވަހަކު ވެރިކަން ދެމެހެއްޓޭނެތަ؟
މިހާރު މަންޒަރު ފެންނަގޮތަށް ބަލާއިރު، ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ދެމެހެއްޓުމަކީ އެމަނިކުފާނަށް ކުރެއްވިދާނެ ކަމެއް ކަމަކަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައެއް ނުގަންނަވައެވެ.
26 Nov 2023
ޚަބަރު
ޔާމީންގެ އައު ޕާޓީ އުފައްދަން އީސީއަށް ފޯމު ހުށައަޅައިފި
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން އުޅުއްވާ 'ޕީޕަލްސް ނޭޝަނަލް ފްރަންޓް' އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.
26 Nov 2023
ޚަބަރު
ވެރިކަންކުރާ ޕީއެންސީގެ ފޮލޯވަރުންނަށްވުރެ ގިނަ މީހުން ރައީސް ޔާމީނުގެ އައު ޕާޓީއަށް ދެގަޑިއިރުގެ ތެރޭގައި ފޮލޯކޮށްފި
25 Nov 2023
ޚަބަރު
ރައީސް ޔާމީން އުފައްދަވާ އައު ޕާޓީގެ ނަމަކީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް
ރައީސް ޔާމީނުގެ ފަރާތްޕުޅުން މި އައު ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ. މުޙައްމަދު ޖަމީލު އަޙުމަދާއި، މުޙައްމަދު މަލީޙް ޖަމާލެވެ.