Advertisement

ރައީސް ޔާމީން ޕީއެންއެފަށް ސޮއެކުރެއްވި ރަސްމިއްޔާތުގެ ތެރެއިން --- ފައިލްފޮޓޯ

08 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ ފަސްކޮށްފި

ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕާޓީ، ޕީއެންއެފް އުފެއްދުމަށް މާދަމާރޭ ޣިޔާޘުއްދީން ސްކޫލުގައި ބޭއްވުމަށް ހަމަޖެއްސި ޖަލްސާ ފަސްކޮށްފިއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ މުހައްމަދު މަލީޙް ޖަމާލު ވިދާޅުވީ، ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުން ފަސްކޮށްފައި ވަނީ، ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކަމަށެވެ. އަދި ޕީއެންއެފް ނުހުއްޓުވޭނެ ކަމަށާއި ދެން ޖަލްސާ ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް އިޢުލާނު ކުރައްވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންއެފަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި، މާދަމާރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފަސްކުރަން ޖެހުނީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޖަލްސާގައި ބައިވެރިވާންޖެހޭ ފަރާތްތަކަށް މާދަމާރޭ ބައިވެރިނުވެވޭނެ ކަން އަންގާފައި ވުމުންނެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ މިމަހުގެ 18 ވަނަ ދުވަހު އެ ޖަލްސާ ބޭއްވުމަށް ކަމަށާއި އެހެން ނަމަވެސް އެތާރީޚުގައި ނުބޭއްވިއްޖެ ނަމަ ދެން ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ ކަމަށް ބެލެވެނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހުގައިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފަސްކޮށްފައި ވާއިރު، އެޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ހުށައަޅާ މެމްބަރޝިޕް ފޯމްތައް އިލެކްޝަންސް ކޮމިޝަނުން ރިޖެކްޓް ކުރާ ކަމުގައިވެސް އެޕާޓީއަށް ނިސްބަތްވާ އިސް ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން އުޅުއްވާ 'ޕީޕަލްސް ނޭޝަނަލް ފްރަންޓް' އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފުރަަތަމަ ފޯމު ހުށައަޅުއްވާފައި ވަނީ، 26 ނޮވެމްބަރު 2023 ގައެވެ. އެޕާޓީ އުފެއްދުމުގެ މަސައްކަތްތައް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކުރައްވާފައި ވަނީ، ރައީސް ޔާމީނުގެ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީނަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.