Advertisement

ޕީއެންއެފްގެ ބައްދަލުވުމެއްގެ ތެރެއިން ---

10 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެންއެފް ޖަލްސާއަށް ސަރުކާރުން ހުރަސްއެޅުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ކުރީގެ ރައީސް އަބްދުالله ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ބާރާއި ނުފޫޒުގެ ބޭނުންކޮށް ހުރަސް އަޅައި ހުއްޓުވާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމުގައި، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން (އެމްޑީޕީއިން) ބުނެފިއެވެ.

އެކަމާއި ގުޅޭ ގޮތުން އެމްޑީޕީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާއިރު އެ ޖަލްސާ ބާއްވަން އޮތް ތަނަށް ފުލުހުން ފޮނުވައި ޕެޕާ ސްޕްރޭ ޖަހައި ސުލްހަވެރި ސިޔާސީ ހަރަކާތެއް ހުއްޓުވުމަކީ އެޕާޓީން އެކަމާއި މެދު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީ އުފައްދައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު ޕީއެންއެފް ވުޖޫދުވުމަށް ސަރުކާރުން ހުރަސް އެޅުމަކީ ހިޔާލު ފާޅުކުރުމާއި ސުލްހަވެރި ސިޔާސީ ހަރަކާތަށް ފުރުސަތު ނުދިނުން ކަމަށެވެ. އަދި ސަރުކާރުން ޑިމޮކްރަޓިކް ނިޒާމަށް ހުރަސް އަޅައި ސިޔާސީ ވާދަވެރިންނަށް އޮތް ފުރުސަތުތައް ބަންދުކުރުމަކީ، އެއީ ކުރިއަށް އޮތް ތަނުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުދުމުހުތާރު ސަރުކާރުގެ އަމަލުތައް ހުންނާނެ ގޮތް ކަމުގައި އެމްޑީޕީން ދެކޭ ކަމުގައިވެސް އެޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޑީޕީން ވަނީ، ސިޔާސީ ހަރަކާތް ހިންގޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.