Advertisement

ޕީއެންއެފްގެ އިސްބޭފުޅުން

10 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޣިޔާޘުއްދީން ސްކޫލުގައި ޖަލްސާ ބޭއްވިޔަ ނުދިނުމުން ރާޅުގަނޑުގައި ޖަލްސާ ބާއްވައި ޕާޓީ އުފެއްދުމުގެ ކަންކަން ފުރިހަމަކޮށްފި

ރައީސް ޔާމީނުގެ ދަރިކަލުން ޒެއިން ޢަބުދުﷲ ޔާމީން އިސްވެ ހުންނަަވައި އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ޣިޔާޘުއްދީން ސްކޫލު ހޯލުގައި ބާއްވަން އުޅުނު ޖަލްސާއަށް ހުރަށް އަޅައި ފުލުހުން ހުއްޓުވުމުން، ރާޅުގަނޑުގައި އެޖަލްސާ ބާއްވައި ޕާޓީ އުފެއްދުމުގެ ކަންކަން ފުރިހަމަކޮށްފިއެވެ.

ޕީއެންއެފްއިން މިރޭ ބޭއްވި ޖަލްސާގައި ވަނީ އެޕާޓީގެ ވަގުތީ ރައީސްގެ މަޤާމަށް ޒެއިން ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް އެޕާޓީގެ ވަގުތީ ރައީސްގެ މަޤާމަށް ޢައްޔަނުކޮށްފައެވެ. ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ވަޒީރު މުހައްމަދު މަލީޙް ޖަމާލު ވިދާޅުވީ، ޕާޓީ އުފެއްދުމުގެ ޖަލްސާގައި ފުރިހަމަކުރަންޖެހޭ ކަންކަން ކުރެވިފައިވާ ކަމަށާއި، އެޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ އޮބްޒަވަރުންވެސް ބައިވެރިވި ކަމަށެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފުރަތަަމަ ބާއްވަން ހަމަޖައްސައި ތައްޔާރު ކުރީ، ޣިޔާޘުއްދީން ސްކޫލް ހޯލު ނަމަވެސް ފަހުން އެސްކޫލުން ވަނީ އެޖަލްސާ އެސްކޫލު ހޯލުގައި ބާއްވަން އެއްބަސްވި އެއްބަސްވުން ކެންސަލްކޮށް، އެޖަލްސާ ބޭއްވުން ހުއްޓުވުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި އެދިފައި ކަމަށާއި، ފުލުުހުން ސްކޫލަށް ވަނީ އެހެންވެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިހާތަނަށްވެސް ސާފު ނުވެ އޮތް ކަމަކީ، ޣިޔާޘުއްދީން ސްކޫލުގެ ހޯލު ޕީއެންއެފްއަށް ދިނުމަށް ނިންމުމަށްފަހު އެނިންމު ބަދަލު ކުރި ސަބަބެކެވެ. އެކަމާއި ގުޅޭ ގޮތުން މިހާތަނަށް އެސްކޫލުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕީއެންއެފްގެ މެމްބަރުންނާއި ސަޕޯޓަރުން ޣިޔާޘުއްދީނުން ނުކުމެގެން ރާޅުގަނޑަށް އައިސް ބްރިޖް ޕްލެޓްފޯމް ސަރަހައްދުގައި ޖަލްސާ ބޭއްވީ މިރޭ ދަންވި ފަހުންނެވެ. ޖަލްސާ ނިމުނު ވަގުތު އެތަނަށް، ކުރީގެ ރައީސް ޢަބުދުﷲ ޔާމީންވެސް ނުކުންނަވައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕީއެންއެފްގެ އިސްބޭފުޅުންނާއި، އަދި އެޕާޓީގެ ވަގުތީ ރައީސް ކަމުގެ މަޤާމަށް އިންތިޚާބު ކުރި އެމަނިކުފާނުގެ ދަރިކަލުން ޒެއިން އާވެސް ބައްދަލުކުރެއްވިއެވެ.

ޤާނޫނާއި އެއްގޮތަށް ސިޔާސީ ހަރަކާތްތައް ބާއްވަން ސަރުކާރުން ހުރަސް ނާޅާކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ފުލުހުންގެ އިދާރާއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.