Advertisement

ރައީސް ޔާމީން އުފައްދަވާ އައު ޕާޓީގެ ލޯގޯ ---

26 Nov 2023
ޚަބަރު

ވެރިކަންކުރާ ޕީއެންސީގެ ފޮލޯވަރުންނަށްވުރެ ގިނަ މީހުން ރައީސް ޔާމީނުގެ އައު ޕާޓީއަށް ދެގަޑިއިރުގެ ތެރޭގައި ފޮލޯކޮށްފި

ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އެކްސްގައި ފޮލޯ ކުރާ މީހުންނަށް ވުރެ ގިނަ މީހުން، ރައީސް ޔާމީން އުފައްދަވާ އައު ޕާޓީއަށް ދެގަޑިއިރުގެ ތެރޭގައި ފޮލޯކޮށްފިއެވެ.

ރައީސް ޔާމީން އުފައްދަވާ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓްގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓްތައް ހާމަކުރީ، މިރޭ 9:30 ގައެވެ. އެކްސްގައި، އެޕާޓީގެ އެކައުންޓް ހެދިތާ 2 ގަޑިއިރުގެ ތެރޭގައި ވަނީ، 2000 އެއްހައި މީހުން އެ އެކައުންޓް ފޮލޯކޮށްފައެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އެކްސް އެކައުންޓް ހެދިތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު، އެ އެކައުންޓް ފޮލޯ ކުރާ ތިބީ އަދި، 1368 މީހުންނެވެ.

ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ މަޤުބޫލު ސޯޝަލްމީޑިއާ ޕްލެޓްފޯމަކީ، އެކްސްއެވެ. 

ރައީސް ޔާމީނު ޕީޕީއެމް ދޫކުރައްވައި އައު ޕާޓީއެއް ހައްދަވާނެކަން އިޢުލާނު ކުރެއްވުމާއި އެކު އަދި ކިރިޔާ ހަފްތާއެއްވީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު ވަނީ ޕްރެޝަރަށް ވެއްޓިފައެވެ.

ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ރައީސް ޔާމީނު، ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ މިހާ ކުރީކޮޅު ސަރުކާރާއި ފެއަށް ޖެހިވަޑައިގަތުމަކީ، ވެރިކަން ހިފެހެއްޓުމަށް، ޑރ. މުޙައްމަދު މުޢިއްޒުއަށް ކުރިމަތިވެވަޑައިގަންނަވާނެ ވަރަށްބޮޑު ގޮންޖެހުމަކަށް ވާނެއެވެ. އަދި ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ވުރެ އާއްމުންގެ މެދުގައި ރައީސް ޔާމީނު މާބޮޑަށްވެސް މަޤުބޫލުވާނެކަމަށާއި، އެކަން މިހާރުވެސް ހާމަވަމުންދާކަމުގައި ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.