Advertisement

ރައީސް ޔާމީނު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ ---

25 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީން އުފައްދަވާ އައު ޕާޓީގެ ނަމަކީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް

ރައީސް ޔާމީނު އިސްވެ ހުންނަވައިގެން އުފައްދާ އައު ސިޔާސީ ޕާޓީގެ ނަމަކީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް(ޕީއެން ފްރޮންޓް)ކަމުގައި ހަމަޖައްސައި އެކަން އާއްމުކޮށްފިއެވެ.

ރައީސް ޔާމީން އުފައްދަވާ މިއައު ޕާޓީގެ ސޯޝަލްމީޑިއާ އެކައުންޓްތައް މިރޭ ވަނީ ތަޢާރަފްކޮށްފައެވެ. 

ރައީސް ޔާމީނުގެ ފަރާތްޕުޅުން މި އައު ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ. މުޙައްމަދު ޖަމީލު އަޙުމަދާއި، މުޙައްމަދު މަލީޙް ޖަމާލެވެ.

ރައީސް ޔާމީން އުފައްދަވާ މިއައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ. އެހެން ނަމަވެސް ސީދާ ރައީސް ޔާމީނުގެ ނަމުގައި މިޕާޓީވެސް އުފެއްދުމަށް ހުށަނޭޅޭތީ، އައުޕާޓީވެސް އުފައްދާނީ އެހެން ބޭފުޅުންތަކެއް ރައީސް ޔާމީނު ކުރިޔަށް ނެރުއްވައިގެން ކަމަށް ވަނީ ބެެލެވިފައެވެ.

ރައީސް ޔާމީނު ޕީޕީއެމްއިން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމެވީ، އެމަނިކުފާނުގެ ފޮޓޯފުޅާއި ނަން އަދި އެމަނިކުފާނުގެ ސަޕޯޓަރުންގެ ވޯޓު ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް، ޑރ. މުހައްމަދު މުޢިއްޒު ވަޑައިގެން ވެރިކަމުގެ ހުވާ ކުރެއްވިތާ 7 ދުވަސްވެސް ނުވަނީހެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.