Advertisement

ރައީސް ޔާމީނުގެ ސަޕޯޓަރުން --

18 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީނު މިނިވަންވުމުން މަރުހަބާ ދަންނަވާކަަށް ސަރުކާރުގެ ބޭފުޅަކު ވަޑައެއް ނުގެންނެވި

ވެރިކަން ލިބުމުގެ ކުރިންނާއި ސަރުކާރުގެ އިސްމަޤާމުތަކަށް ވަޑައިގެންނެވުމުގެ ކުރިން، ރައީސް ޔާމީނު މިނިވަން ކުރުމަށް ގޮވާލެއްވި ޕީޕީއެމާއި ޕީއެންސީގެ އިސްބޭފުޅުން އެމަނިކުފާނު މިރޭ މިނިވަންވެވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޚަބާ ދަންނަވަން ވަޑައިނުގަންނަވައި ހިމޭންވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންވެޑައިގެންފި ކަމަށް ޚަބަރުތައް ފެތުރުމުން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ޓްވީޓްތައް ކުރެއްވިއެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެއްޗެއް ވިދާޅެއް ނުވެއެވެ.

ރައީސް ޔާމީނުގެ ފޮޓޯފުޅާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތާއީދާއިއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވެރިކަން ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީން މިނިވަންވުމުގެ އުފަލުގައި އެބޭފުޅުން އަމަލީ ގޮތުން ބައިވެރިވެވަޑައި ނުގެންނެވި ސަބަބާއި މެދުވެސް ކޯޓުދޮށުގައި އެއްވެ ތިބި ރައީސް ޔާމީނުގެ މަދު ސަޕޯޓަރުން ޝަކުވާ ކުރިއެވެ.

ޝަރީއަތްތަކުގެ އަޑުއެހުންތައް 6 ގަޑިއިރަށް ވުރެ ގިނަ އިރަށް ދެމިގެން ދިޔައިރު، ހައިކޯޓު ދޮށުގައި ތިބީ ވަރަށް މަދު ސަޕޯޓަރުން ކޮޅެކެވެ. އެހެން ނަމަވެސް އެމަނިކުފާނު ކޯޓުން ނުކުމެވަޑައިގެން، އެމަނިކުފާނުގެ އައު ޕާޓީ ޕީއެންއެފްގެ އޮފީހަށް ވަޑައިގެންނެވި އިރު އެމަނިކުފާނުގެ ސަޕޯޓަރުން މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު ގުޅުނު ހިސާބުން ފެށިގެން ޕީއެންއެފްގެ އޮފީސް ހ. ހުރަފަ އާއި ހަމައަށް ސަފު ދަމާލާފައި އޮތެވެ. ސަޕޯޓަރުންނާއި ސަލާމްކުރެއްވުމަށް ފަހު، ރައީސް ޔާމީން ވަނީ، މިރޭ ޕާޓީގެ އޮފީހުގައި ޕާޓީގެ އާއްމު މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ބާޠިލްކުރުމާއި އެކު މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި އެމަނިކުފާނު ޢަމަލީ ގޮތުން ދެން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.