Advertisement

ރައީސް ޔާމީން ޕީއެންއެފްއިން ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުން ---

11 Dec 2023
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)
ޢަލީ ސުލައިމާން

ރައީސް ޔާމީނު ސިޔާސީ ކަންކަމުގައި ބައިވެރިވާތީ އެކަން ކަރެކްޝަންސްއިން ބަލަންފަށައިފި

ޖަލުހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މައްސަލަ ބަލަންފަށާފައިވާ ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ. 

އެސަރވިސް އިން ބުނީ ރައީސް ޔާމީނު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަކަން އެސަރވިސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ކަރެކްޝަންސްއަކުން ނުދެއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ، ސިޔާސީ ޕާޓިީއަކަށް ސޮއެކޮށް ޕާޓީއެއްގެ އާއްމުމެމްބަރެއްގެ ގޮތުގައި ހުރުމަށް ހުރަހެއް ނެތް ކަމަށާއި އެހެން ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި ބަންދެއްގައި ހުންނަ މީހަކު ބައިވެރިވުމަކީ ކުުރެވޭނެކަމެއް ނޫންކަމަށެވެ.

ރައީސް ޔާމީން ވަނީ، އެމަނިކުފާނު އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ ޕީއެންއެފްއަށް ސޮއެކުރައްވައި އެޕާޓީގެ އޮފީހުގައި ރޭ ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އެބައްދަލުވުން މީޑިއާތަކުން ވަގުތުން ދުރަށް ބްރޯޑްކާސްޓް ކުރަމުންވެސް ގެންގޮސްފައިވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ، 11 އަހަރުގެ ޖަލުހުކުމަކީ އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެގެންކޮށްފައިވާ ހުކުމެކެވެ.

ރައީސް ޔާމީނު މާފުށީ ޖަލުން، ގޭބަންދަށް ބަދަލުކުރީ، 

އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގައެވެ.

އޭގެ ފަހުން އެމަނިކުފާނުގެ ގޭބަންދު ވަނީ މާލެ ބަންދަކަށް ބަދަލުކޮށްފައެެވެ. އެހެން ނަމަވެސް އަދިވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޙުކުމް ދެމި އޮތުމާއިއެކު ކަރެކްޝަންސް އެމަނިކުފާނު މާލެ ބަންދަށް ދޫކޮށްފައިވާ އުސޫލުތަކާއި ޚިލާފުވެވަޑައިގެންނެވުމަކީ، ކަންބޮޑުވުމެއްގެ ގޮތުގައި ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުންވެސް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.