Advertisement

އިބްރާހީމް ހަމްދީ އާއި އޭނާގެ އަނބިކަނބަލުން ޕީއެންއެފަށް ސޮއެކުރެއްވުން -- ފޮޓޯ: ޕީއެންއެފް

21 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މަޝްހޫރު ލަވަކިޔުންތެރިޔާ ހަމްދީ އާއި އަނބިކަނބަލުން ޕީއެންއެފްއަށް ސޮއެކުރައްވައިފި

މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހީމް ހަމްދީ އާއި އޭނާގެ އަނބިކަނބަލުން ޒަރާނާ، ޕީއެންއެފްއަށް ސޮއެކޮށްފިއެވެ.

ހަމްދީގެ ދެމަފިރިން، ރައީސް ޔާމީން އުފެއްދެވި ޕީއެންއެފަށް ސޮއެކުރެއްވުމަށް ފަހުގައި ވަނީ، މެމްބަރޝިޕް ފޯމް ރައީސް ޔާމީންގެ އަތްޕުޅަށް އަރުވާފައެެވެ. ހަމްދީ ވިދާޅުވީ އޭނާ އަކީ، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށެވެ.

އިބްރާހީމް ޙަމްދީއަކީ، ރާއްޖޭގެ ލަވަކިޔުންތެރިންގެ ތެރެއިން 80 އާއި 90ގެ އަހަރުތަކުގެ ތެރޭގައި އެންމެ މަޝްހޫރު އެއްފަންނާނެެވެ. ޙަމްދީގެ އަޑުން ވިދާޅުވެފައިވާ ލަވަތަކުގެ ތެރެއިން، "އާކުއްޖެކޭ ދަސްވީ ފަހުން"، "މަލެކޭ އެއްފަދަ ނާޒުކު މުނިޔާ" ފަދަ ލަަތަކާއި، "ރަމްޒު މި ޤައުމީ" ފަދަ ލަވަތަކަކީ، އަބަދަށް ފެހި ލަވަތަކެކެވެ. 

ރާއްޖޭގައި 2016 ވަނަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑަލްގައި، ހަމްދީ ސްޕެޝަލްގެ ނަމުގައި ޚާއްޞަ ތީމެއް ކަނޑައަޅައި ހަމްދީގެ ހަނދާނަށް އެޝޯވ ޚާއްޞަ ކޮށްފައިވެއެވެ.

ކޮމެންޓް
ޟަރުމީލާ
ޙަމްދީއަކީ މިހާރު ލަވަކިޔާ މީހެއް ނޫން، އުމުރުން 30 އަހަރުން ދަށު ބަޔަކު ދަންނަ މީހެއް ވެސް ނޫން، ދެން މާ މަޝްހޫރު ލަވަކިއުންތެރިއަކަށް ވެގެން ޔާގު އާ 2 މީހުން ވެގެން ލަވަ ޕާރޓީއެއް ހަދަން ވީނުން .
21 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.