Advertisement

26 Nov 2023
ޚަބަރު

ޔާމީންގެ އައު ޕާޓީ އުފައްދަން އީސީއަށް ފޯމު ހުށައަޅައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން އުޅުއްވާ 'ޕީޕަލްސް ނޭޝަނަލް ފްރަންޓް' އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

ޔާމީންގެ ފަރާތުން އީސީއަށް ފޯމު ހުށަހެޅުއްވި ޓީމުގައި އިސްކޮށް ތިއްބެވީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް އަލީ ޖަމާލެވެ. އެ ބޭފުޅުންނާ އެކު ޔާމީންއަށް ތާއީދުކުރައްވާ، ޕީޕީއެމްގައި ކުރިން އުޅުއްވި ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޔާމީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ މަނިކުފާނު ރައީސްކަން ކުރައްވަމުން ގެންދެވި ޕީޕީއެމް އިން ވަކިވެވަޑައިގެންފައެވެ. އަދި ރޭވަނީ އަލަށް އުފައްދާ ޕާޓީގެ ނަމާއި، ކުލަ އަދި ލޯގޯ ދައްކާލާފައެވެ.

އެ މަނިކުފާނުގެ އިސް ވަކީލު، ޖަމީލް ވިދާޅުވެފައިވާ ގޮތުގައި، ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަންނަވަން ނިންމެވީ އެ ޕާޓީގެ ހަރަކާތްތައް ހިންގުމަށް ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުން ބޭނުންފުޅު ނުވުމާއި އެ މަނިކުފާނުގެ މަޝްވަރާ އާއި ލަފާ ވެސް އެ ބޭފުޅުން މިހާރު ބޭނުންފުޅު ނުވާތީ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.