Advertisement

ޝިފާޤު މުފީދު --

30 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ޝިފާޤު ޕީއެންސީ ދޫކޮށްލައްވައި ރައީސް ޔާމީނުގެ އައު ޕާޓީއަށް

ސަރުކާރު ހިންގާ ޕާޓީ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝިފާޤު މުފީދު އެޕާޓީން ވަކިވެވަޑައިގެން ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ، ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް)އާ ގުޅިވަޑައިގެންނެވުމަށް ނިމަވައިފިއެވެ.

މިއީ ސަރުކާރު ހިންގާ ޕާޓީގެ ގޮތުގައި އޮތް ޕީއެންސީގެ އިސްމަޤާމެއްގައި ހުންނެވި ބޭފުޅުންގެ ތެރެއިން އެޕާޓީން ވަކިވެވަޑައިގަތް ފުރަތަމަ ބޭފުޅާއެވެ. ޕީއެސްސީން ވަކިވެވަޑައިގެން ޝިފާޤު އާއްމު ކުރެއްވި ސިޓީގައި ވިދާޅުވީ، ޕީއެންސީ މިއަދު އެހިނގާ މަގަކީ ދިވެހީންގެ ރާއްޖޭ ދިވެހީން އެދޭ މަގަށް ގެންދެވޭނެ ގޮތެއް ކަމަށް ނުފެންނާތީ ޕާޓީން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ޝިފާޤުގެ އިސްތިއުފާގައި ނުސީދާކޮށް، އަބުދުއްރަޙީމަށް ވަނީ ފާޑު ވިދާޅުވެފައެވެ.

ޝިފާޤަކީ، ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރުގެ މަޤާމުވެސް ފުރުއްވި، އަދި ޕީޕީއެމްއާ ޖުމްހޫރީޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޝިފާޤު އިސްތިއުފާ މިދެއްވީ، ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރެއްވުމުގެ ޝައުޤުވެރިކަންވެސް ފާޅުކުރައްވާފައި ވަނިކޮށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.