Advertisement

ރައީސް ޔާމީން ޕީއެންއެފަށް ސޮއެކުރެއްވުން ---

08 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފި

ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕާޓީ، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ކުރިން ބޭއްވުމަށް މަސައްކަތް ކުރީ މިރޭގައެވެ. އެހެން ނަމަވެސް އެކަމުގައި ކަމާއި ބެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބިގެން އެޖަލްސާ ބޭއްވޭ ގޮތް ނުވީ ކަމުގައިވެސް ޕީއެންއެފްއިން ވަނީ ބުނެފައެވެ.

ޕީއެންްއެފް އުފެއްދުމަށް ބާއްވާ ޖަލްސާ އޮންނާނީ މިއޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ ރޭ (މާދަމާރޭ) 9:15ގައި ޣިޔާޘުއްދީން ސްކޫލް ހޯލުގައެވެ. މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައި އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، މުޙައްމަދު މަލީހް ޖަމާލު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޔާމީން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުއްދައަށް އެދިވަޑައިގެންފައި ވީނަމަވެސް އެކަމުގައި ކަރެކްޝަންސްއިން ނިންމި ގޮތެއް އެއިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭ މައްސަލަތަކެއްގައި، ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނު ޖަލު ބަންދުން ގޭބަންދަށް ބަަދަލުކޮށްފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ރައީސް ޔާމީނު މިނިވަންކޮށްދެއްވާނެ ކަމުގެ ވަޢުދާއި އެކުގައި ނަމަވެސް ވެރިކަމުގެ 4 މަސް ނިމިގެން ދިޔައިރު ރައީސް ޔާމީނަށް އެއްވެސް ލުޔެއް ލިބިވަޑައިގެންފައެއް ނުވެއެވެ.

މާދަމާ ރޭގެ ޖަލްސާގައި ރައީސް ޔާމީނު ބައިވެރިވެވަޑައިގަންނަވާނެ ކަން އިޢުލާނުކޮށްފައި ވާއިރު އެމަނިކުފާނަށް ކަރެކްޝަންސް އިން އޮތީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކޮށްފައެވެ. އެހެން ނަމަވެސް މިހާތަނަށްވެސް ރައީސް ޔާމީން ގެންދަވަނީ ޕީއެންއެފްގެ އޮފީހުގައި ކެމްޕޭނާއި ގުޅޭ ހަރަކާތްތަކާއ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަަވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.