Advertisement

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު --

06 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އއ. ރަސްދޫގަައި ކުޑަ ފިރިހެން ކުއްޖަކަށް ބަޔަކު އަނިޔާކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

އއ. ރަސްދޫގައި ކުޑަ ފިރިހެން ކުއްޖަކަށް ބަޔަކު އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާއި އެކު އެމައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މިސްކިތެއްގެ ފާޚާނާ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިސްމާނީ އަނިޔާކޮށް ބުލީ ކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރުވާން ފެށުމާއި އެކު، ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައިކަމަށެވެ. އަދި އެކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުންކަމަށާއި، އެ ފަދަކަންކަން މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން ދޭ ކަމުގައިވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާއި ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް، ޢަލި ޝުޖާއު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން ކުޑަކުއްޖާއަށް އަނިޔާކޮށްފައިވާކަން ޔަޤީން ކުރެވެނީ އއ.ރަސްދޫ ގައި ކަމަށެވެ. އަދި ފުލުހުންދަނީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގޮތުގައި، ބަލައި ތަޙްޤީޤު ކުރަމުން ކަމުގައިވެސް ސީޕީ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.