Advertisement

ފުލުހުން މާލޭގެ ގެެއެއް ބަލައި ފާސްކުރުމުގެ ތެރެއިން ---

05 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޕޯސްޓުގެ ޒަރީޢާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ވަރަށް ބޮޑަށް އާއްމުވެއްޖެ

ދިވެހިރާއްޖެއަށް ޕޯސްޓްގެ ޒަރީއާއިން ޕާޓީ ޑްރަގްސް އާއި މަސްތުވާތަކެތީގެ ބާވަތްތައް އެތެރެކުރުމުގެ މަސައްލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވީ، ފުލުހުންގެ ތަޙްޤީޤުތަކާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ޙިއްޞާކުުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުއެވެ.

އޭނާ ވިދާޅުވީ، ޕޯސްޓުން މަސްތުވާތަކެތި ގެނައުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި އޭގެ ސަބަބަކީ، އެހެން މީހުންގެ ނަންމަތީގައިވެސް ޕޯސްޓް މެދުވެރިކޮށް އެފަދަ ތަކެތި ގެނައުމުގެ ފުރުޞަތު އޮތުން ކަމަށެވެ.

"ނުބައި އައިޑީއެެއްގައި، ނޫނިއްޔާމު ބިދޭސީއެއްގެ ނަމުގައި އޮންނަ ނަމްބަރެއްގައި ޖަހާލައިގެން އެކަންކަން އެބަ ކުރެވޭ ރެޖިސްޓެޑް ނޫން ޕޯސްޓްގެ ތެރޭގައި. އަޅުގަނޑުމެންނަށް ޕޯސްޓާއި ކަސްޓަމާއިއެއްކޮށް، މިނިސްޓަރުގެ ޑައިރެކްޝަނާއި އެއްކޮށް އެކަން ހުއްޓުވުމަށްޓަކައި، ރެޖިސްޓެޑް ޕޯސްޓުން ނޫނީ އޮތެންޓިކް ގޮތެއްގައި ރެޖިސްޓަރ ކުރެވިގެން ނޫނީ، މިކަން ނުކުރެވޭނެ އިންތިޒާމްތަކަކަށް ކަންކަން ތަރުތީބު ކުރުމުގައި މަސައްކަތް އެބަ ކުރިއަށް ގެންދަން. ކުރިޔަށް އޮތް ދެމަހެއްހައި ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ޤަބޫލު ކުރަނީ އެކަން ވެގެން ދާނެ ކަމަށް"

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު --- 

މީގެ އިތުރުންވެސް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ ރާއްޖެއަށް ވައިގެ މަގުން ގިނައަދަދަކަށް މަސްތުވާތަކެތި އެތެރެވަމުން އަންނަ ކަމަށެވެ. މިގޮތުން މިދިޔަ ތިން ދުވަހުގެ ތެރޭގައިވެސް 17 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައި ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެމަސްތުވާތަކެއްޗަކީ ފުލުހުން ހިންގި ފަސް އޮޕަރޭޝަނެއްގައި އަތުލައިގަނެވުނު މަސްތުވާތަކެތިކަމުގައިވެސް ޝާކިރު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.