Advertisement

ސިޓީ ކައުންސިލުން އާއްމުކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް ---

01 Apr 2024
ޚަބަރު

މިސްކިތުން ވައްކަން ކުރި މީހަކު ހޯދައި ހައްޔަރުކޮށްފި

މާލެ މަސްޖިދުއްތަޤުވާއިިން ފަންކާއެއް ވަގަން ނެގި މީހަކު ހޯދައި ހައްޔަރުކޮށްފިއެވެ.

ތަޤުވާ މިސްކިތުން މީހަކު ފަންކާއެއް ވަގަށް ނަގައިގެން މީހަކުދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ސިޓީކައުންސިލުން އިއްޔެ އާއްމު ކުރިއެވެ. އެކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، އެވީޑިއޯގައި ފެންނަ މީހާ ހޯދައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ، ތަޤުވާމިސްކިތުން ތިންރޭ މަތިން 7 ފަންކާ ވަގަން ގެންގޮސްފައިވާކަން ހާމަކޮށްފައެވެ.

މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލައަކީ، ޒަމާންވީ މައްސަަލައެކެވެ. އެމައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް މޮނީޓަރ ކުރަންފެށި ނަމަވެސް، މިސްކިތްތަކަށް ގެއްލުން ދިނުމާއި މިސްކިތްތަކުން ވައްކަން ކުރުން ހުއްޓިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.