Advertisement

ތ. ކަޅުފަހަލަފުށި

10 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ދަތުރުގޮސް އުޅެނިކޮށް މަރުވި ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި

ތ. ވިލުފުށިން، ތ. ރަކީފުއްޓަށް ދަތުރުގޮސް އުޅެނިކޮށް މަރުވި 17 އަހަރުގެ އަންހެންކުއްޖާގެ ހަށިގަނޑު މިރޭ މާލެ ގެނެސްފިއެވެ.

މާލެއަށް ރަށްވެހިކަން އޮންނަ ތ. ވިލުފުށީގައި އާއިލާ ގާތުގައި ދިރިއުޅެމުން އައި 17 އަހަރުގެ އަންހެންކުއްޖާ މަރުވެފައި ވަނީ، އާއިލާ އާއެކު ދަތުރުގޮސް އުޅެނިކޮށެވެ. އެކުއްޖާ މޫދަށް އެރި އުޅުނީ، އެހެން ކުދިންތަކަކާއި އެކުގައި ކަމަށާއި، އެކުއްޖާ މޫދުގައި އޮއްވައި ފިޓުޖެހުނީކަމަށް ވާހަކަ ދެކެވޭ ކަމަށް ވިލުފުށިން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ކުއްޖާ މޫދުތެރޭގައި ބަންޑުން ގިނައިރު އޮވެ އަދި ކައީރީގައި އޮތް އާނުގަނޑު މައްޗަށް ލައްވުމުން، އެމީހުންނާއި އެކު ދަތުރުގޮސް އުޅު މީހަކަށް ފެނިގެން ބެލި އިރު އެކުއްޖާއަށް އޮތީ ފިޓުޖެހިފައި ކަމަށްވެސް ދަތުރު ދިޔަ މީހުން ބުނެފައިވެއެވެ.

ހާދިސާއާއި ގުޅިގެން އެކުއްޖާ ވިލުފުށީ ޞިއްޙީމަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މަރުވި ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ އިތުރު ތަޙްޤީޤަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.